އެމްއެމްއޭ

ޝަރީއާ ދާއިރާގެ އިލްމުވެރިންނާއެކު އެމްއެމްއޭއިން ފޯރަމެއް ބާއްވައިފި

'ޝަރިއާ ސްކޮލާސް ޑައިލޮގް' ނަމުގައި އެމްއެމްއޭ އިން ފޯރަމެއް ބާއްވައިފި އެވެ.

މި ފޯރަމްގެ މަގުސަދަކީ ރާއްޖޭގެ އިސްލާމިކް ފައިނޭންސް ދާއިރާ އަށް ދިމާވާ ގޮންޖެހުތަކާއި އެ ގޮންޖެހުންތަކަށް ގެނެވިދާނެ ހައްލުތަކާ ބެހޭގޮތުން މަޝްވަރާކުރުން ކަމުގައި އެމްއެމްއޭ އިން ބުނެ އެވެ.

މި ފޯރަމްގައި އިސްލާމިކް ފައިނޭންސް ދާއިރާގެ ބޭފުޅުން އެމްއެމްއޭ ޝަރިއާ ކައުންސިލާ ކުރަން ބޭނުންވާ ސުވާލުތައްކޮށް ދާއިރާ އާއި ގުޅޭ ކަންކަމުގައި މަޝްވަރާ ކޮށްފައިވެ އެވެ.

މި ފޯރަމްގައި ރާއްޖޭގައި ހިދުމަތްދޭ ހުރިހާ އިސްލާމިކް ފައިނޭންޝަންލް އިންސްޓިޓިއުޝަންތަކުން ބައިވެރިވި އެވެ.

މި ފޯރަމްގައި ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ގުޅިގެން އިސްލާމިކް ފައިނޭންސިން ކުރިއެރުވުމަށް އިތުރަށް ކުރެވިދާނެ މަސައްކަތްތަކާ ބެހޭގޮތުންވެސް މަޝްވަރާކުރިއެވެ.

މި ފޯރަމްގައި ވާހަކަ ދައްކަވަމުން އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ވިދާޅުވީ އެމްއެމްއޭގެ ޕޮލިސީތައް ބައްޓަންކޮށްފައި ހުންނާނީ އިސްލާމިކް ފައިނޭންސް އިންސްޓިޓިއުޝަންތަކަށް ވެސް އެހެން ފަރާތްތަކާއި ވާދަކުރެވޭނެހެން ފަހި ގޮތަކަށް ކަމަށެވެ. އަދި މި ފޯރަމްގައި ލިބޭ ޚިޔާލާއި މަޝްވަރާއާއެކު ރަނގަޅު ހެޔޮ ބަދަލުތަކެއް ގެނެވޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށްވެސް ގަވަރުނަރު ވިދާޅުވި އެވެ.