އެމްއެމްއޭ

މިއަހަރު ޖީޑީޕީ 5.5 ޕަސެންޓް ކުރި އަރާނެ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ފްލައިޓްތަކެއް -- ފޮޓޯ: އަހުމަދު އަޒާން | އަވަސް
0%
0%
0%

ގައުމީ އުފެއްދުންތެރިކަން -- ރިއަލް ޖީޑީޕީ މިއަހަރު 5.5 ޕަސެންޓް ކުރި އަރާނެ ކަމަށް މަރުކަޒީ ބޭންކް -- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ލަފާކޮށްފި އެވެ.

މިއީ މިއަހަރު ޖީޑީޕީ ކުރި އަރާނެ ކަމަށް ކުރިން ލަފާކުރި މިންވަރަށްވުރެ އިތުރުވުމެކެވެ. މިއަހަރުގެ މޭ މަހު ލަފާކުރި ގޮތުގައި ޖީޑީޕީ ކުރިއަރާނީ 4.9 ޕަސެންޓަށެވެ.

ޖީޑީޕީ ކުރިއަރާނެ މައިގަނޑު ސަބަބުތަކުގެ ގޮތުގައި ފާހަގަކޮށްފައިވަނީ ފަތުރުވެރިކަމާއި ދަތުރުފަތުރު އަދި މުއާސަލާތީ ދާއިރާ ފުޅާވެ އެކަމުން އިގުތިސާދަށް ކުރާ ރަނގަޅު އަސަރުތަކެވެ.

އެ ގޮތުން ފަތުރުވެރިކަމުގެ ސިނާއަތުގައި މިދިޔަ އަހަރާއި އަޅާބަލާއިރު މިއަހަރުގެ މި މުއްދަތުގައި ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ އިތުރުވެފަ އެވެ.

އެމްއެމްއޭ އިން ނެރުނު ނޮވެމްބަރު މަހުގެ އިކޮނޮމިކް އަޕްޑޭޓްގައި ވަނީ ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެ، ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ ރޭގެ އަދަދު އިތުރުކަމަށެވެ.

މީގެ އިތުރުން ފަތުރުވެރިކަމުގެ މައިގަނޑު މާކެޓްތަކުގެ ތެރޭގައި ހިމެނޭ ޔޫރަޕާއި ޗައިނާގެ ފަތުރުވެރިން އަންނަ މިންވަރު އިތުރުކަން ވަނީ ފާހަގަކޮށްފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345