ސްކޮޓްލޭންޑްގެ ރޮކް ބޭންޑެއް ކަމުގައިވާ ޕްރައިމަލް ސްކްރީމްގެ ކީބޯޑިސްޓް މާޓިން ޑަފީ އުމުރުން 55 އަހަރުގައި މަރުވެއްޖެއެވެ.
މާޓިންގެ އާއިލާއިން ބުނި ގޮތުގައި މާޓިން މަރުވީ ވެއްޓިގެން ސިކުނޑިއަށް ލިބުނު ގެއްލުމަކާ ގުޅިގެންނެވެ.
މާޓިން މަރުވިއިރު އޭނާގެ ލޯބިވާ މީހުން މާޓިންގެ ގާތުގައި ބްރައިޓަންގައި ގޭގައި ތިއްބެވެ.
ބާމިންގަމްގައި އުފަންވި މާޓިން 1985 ގައި އިނގިރޭސި ޖެންގަލް ޕޮޕް ބޭންޑެއް ކަމުގައިވާ ފެލްޓްއާ ގުޅުނެވެ. ފެލްޓް ރޫޅުމާ ގުޅިގެން -- 1982 ވަނަ އަހަރު އުފައްދާފައި އޮތް ޕްރައިމަލް ސްކްރީމް އާ ރަސްމީ ގޮތުން ގުޅުނެވެ. އޭގެކުރިން މާޓިން ވަނީ ނުރަސްމީކޮށް އެ ބޭންޑަށް އެހީތެރިވެ ދީފަ އެވެ.
ޕްރިމަލް ސްކްރީމްގެ ލީޑް ސިންގާ ބޮބީ ގިލްސްޕައި ވަނީ އެ ބޭންޑުގެ އޮފިޝަލް އެކައުންޓް މެދުވެރިކޮށް އިންސްތަގްރާމްގައި ދިގު ތައުޒިއާގެ މެސެޖެއް ހިއްސާކޮށްފަ އެވެ.
ބޭންޑުގެ ސިމޯން ބަޓްލާވެސް ވަނީ ޓްވީޓަކުން މާޓިން މިސްވާ ކަމަށާއި އެ މެސެޖް ލިޔާއިރުވެސް ކަރުނަ ފައިބަމުންދާ ކަމަށް ލިޔެފަ އެވެ.
މާޓިން ވަނީ އޮއޭސިސް، ކެމިކަލް ބްރަދާސް އަދި ދަ ޗާލަޓަންސް ފަދަ ޔޫކޭގެ ގްރޫޕްތަކުގެ ލަވަތަކުގައި އެހީތެރިވެފަ އެވެ. ދަ ޝާލަޓަންސްގެ ލީޑް ވޯކަލިސްޓް ޓިމް ބާޖެސް ވެސް ވަނީ ތައުޒިޔާގެ މެސެޖެއް ހިއްސާކޮށްފަ އެވެ.