މޯލްޑިވްސް ޕޮލިސް ސާވިސް

އާއިލީ ހަމަނުޖެހުމެއްގެ ތެރެއިން މީހަކު ޒަހަމްކޮށްލައިފި

ހެންވޭރުގެ ގެއެއްގައި ހިނގި އާއިލީ ހަމަނުޖެހުމެއްގެ ތެރެއިން ހިނގި މާރާމާރީއެއްގައި މީހަކު ޒަހަމްކޮށްލައިފި އެވެ.

މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިއަދު މެންދުރު 12:21 ހާއިރު އެވެ.

މި ހާދިސާގައި ޒަހަމްވި އުމުރުން 37 އަހަރުގެ ފިރިހެނަކަށް މިހާރު ދަނީ ސެނެހިޔާ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ. އަދި ފުލުހުން ވަނީ ހަމަލާ ދިން ކަމަށް ބުނާ އުމުރުން 25 އަހަރުގެ އަންހެން މީހާ ވެސް ހައްޔަރުކޮށްފަ އެވެ.

މާރާމާރީ ހިނގަން މެދުވެރިވީ ދެ މީހުން ޒުވާބުކުރުމަށްފަހު އެކަކު އަނެކަކަށް ތޫނު އެއްޗަކުން ހަމަލާ ދިނުމުގެ ސަބަބުން ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.

ފުލުހުން ބުނި ގޮތުގައި މާރާމާރީ ހިންގާފައިވަނީ އާއިލީ ހަމަނުޖެހުމެއްގެ ތެރެއިންނެވެ.

ފުލުހުން އަންނަނީ މި މައްސަލައާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންނެވެ.