އަފްނާން ރަޝީދު ބެޑްމިންޓަން އެކަޑެމީ (އަރްބާ)

އަފްނާން ރަޝީދު ބެޑްމިންޓަން އެކެޑަމީގެ 12 ކުއްޖަކު އިތުރު ތަމްރީނަށް މެލޭޝިއާއަށް

އަރްބާ އެކަޑަމީގެ ފަރާތުން ބެޑްމިންޓަންގެ އިތުރު ތަމްރީން ހެދުމަށް މެލޭޝިއާ އަށް ފުރާ ކުދިންނާ އެކު މެދުގައި އަފްނާން -- ފޮޓޯ: އަރްބާ އެކަޑަމީ
0%
0%
0%

އަފްނާން ރަޝީދް ބެޑްމިންޓަން އެކެޑަމީ (އަރްބާ)ގައި ތަމްރީންވާ ބާރަ ކުދިން އިތުރު ތަމްރީނަށް މެލޭޝިއާ އަށް ފުރުމަށް ތައްޔާރުވެއްޖެ އެވެ.

އަރްބާގެ ފައުންޑަރު އަފްނާން ރަޝީދުއާ އެކު މިކުދިން މެލޭޝިއާ އަށް ފުރާނީ މާދަމާގެ ވަގުތެއްގަ އެވެ.

މެލޭޝިއާގެ ނިއު ވިޝަން ބެޑްމިންޓަން އެކަޑަމީ (އެންވީބީއޭ)ގައި މި ކުދިން މި ކުދިން ހައި ޕާފޯމެންސް ޓްރެއިނިންތަކެއް ކުރިއަށް ގެންދާނީ އެންވީބީއޭގެ ތަޖުރިބާކާރު ބޭފުޅުންނާ އެކު އެވެ.

އަރްބާ އެކަޑަމީގެ ފަރާތުން ބެޑްމިންޓަންގެ އިތުރު ތަމްރީން ހެދުމަށް މެލޭޝިއާ އަށް ފުރާ ކުދިންނާ އެކު މެދުގައި އަފްނާން -- ފޮޓޯ: އަރްބާ އެކަޑަމީ

މެލޭޝިއާއަށް ފުރާ ކުދިންގެ ތެރޭގައި ހިމެނެނީ ހަ އަންހެން ކުދިންނާއި ހަ ފިރިހެން ކުދިންނެވެ. މިއީ އުމުރުން 10 އަހަރާއި 15 އަހަރާ ދެމެދުގެ އުމުރުފުރައިގެ ކުދިންނެވެ.

މިކުދިން ޓްރެއިނިން ނިންމާލުމަށްފަހު އަނބުރާ ރާއްޖެ އަންނާނީ އަންނަ އަހަރުގެ ޖެނުއަރީ ހަތްވަނަ ދުވަހު އެވެ.

ބެޑްމިންޓަން ހައި ޕާފޯމަންސް ޓްރެއިނިންއަށް ބާރަ ކުދިން ފޮނުވުމުގެ ހުރިހާ ކަމެއް އިންތިޒާމުކޮށް ހަމަޖައްސާފައިވަނީ ވެސް އަފްނާން ރަޝީދު ބެޑްމިންޓަން އެކެޑަމީ (އަރްބާ)ގެ ފަރާތުންނެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910