ލައިފްސްޓައިލް

ލުނބޯ އަދި އިނގުރު ޖޫސް: ސަރުބީ ވިރުވާލަން މިވަރެއް ނެތް!

ދުވަހުގެ ފެށުމަކަށް ލުއި ބުއިމެއް ހިޔާރުކުރުމަކީ ތިމާގެ ސިއްހަތަށް ވަރަށް ފައިދާ ހުރި ކަމެކެވެ. ހެނދުނު ފުރަތަމަ ބުއިމެއްގެ ގޮތުގައި ގިނަ ބަޔަކު ކޮފީއެއް ބޯލާއިރު ސިއްހަތަށް ބަލާނަމަ އެކަން ކުރުން ރަނގަޅެއް ނޫނެވެ. ކޮފީގެ ބަދަލުގައި ސިއްހަތަށް ގިނަ ފައިދާތަކެއް ލިބޭނެ ލުއި ބުއިމެއް ބޯލެވިދާނެއެވެ. ލުނބޯ އަދި އިނގުރު ބޭނުންކޮށްގެން ތައްޔާރުކޮށްލެވޭ ލުއި ބުއިމަކީ ހަށިގަނޑަށް އެތައް ފައިދާތަކެއް ކުރާ ހެނދުނު ބޯލަން އެންމެ ރަނގަޅު ބުއިމެވެ.

އިނގުރަކީ ސެލްތަކަށާއި ހަކަތަ އުފެއްދުމަށް އެހީތެރިވެދޭ އެއްޗެކެވެ. އަދި އިނގުރުގެ ސަބަބުން ގައިގާ ޖަހާ ސަރުބީ ވިރުވައިދެއެވެ. ހެނދުނު އިނގުރު ކެއުމަކީ ބަރުދަން ލުއިކޮށް ދުވަސް ދުޅަހެޔޮކޮށް ފެށުމަށް ރަނގަޅު ކަމެކެވެ. ހަމަ އެގޮތަށް ލުނބޯ އަކީ ވެސް ހަށިގަނޑަށް ރަނގަޅު މޭވާ އެކެވެ. އަދި ބަރުދަން ލުއިކުރުމަށް ވެސް ރަނގަޅު މޭވާއެކެވެ. ލުނބޯއިން ހަށިގަނޑުގައި ހުންނަ ބޭކާރު ޓޮކްސިން ބޭރުކޮށްދެއެވެ.

ބޭނުންވާ ތަކެތި:

  • ލުނބޯއެއްގެ ފަޅިއެއް
  • އިނގުރު ކޮޅެއް ތާފަނާ ފެން
  • ތާފަނާ ފެން

ތައްޔާރުކުރާނެ ގޮތް:

ތާފަނާ ފެން ތައްޓަކަށް އަޅައި އެ ތައްޓަށް ލުނބޯ ފަޅީގެ ހުތް ފެލާލާށެވެ. އެއަށްފަހު ޗިސްކޮށްފައިވާ އިނގުރު ކޮޅު ވެސް ފެން ތައްޓަށް އަޅާށެވެ. އަދި ރަނގަޅަށް ގިރާލާށެވެ. އޭރަށް ހުންނާނީ ލުއި ބުއިން ތައްޔާރުކުރެވިފައެވެ.

ސަރުބީ ވިރުވާލަން މި ބުއިން އެންމެ ބޮޑަށް އެހީވެދޭއިރު ބޯން އެންމެ ރަނގަޅީ، ހެނދުނު ގަޑީ އެންމެ ފުރަތަަމަ ބުއިމެއްގެ ގޮތުގައެވެ. ތައްޔާރުކޮށްލަން ފަސޭހަ މި ބުއިން އިންސާފުކޮށްލާށެވެ. އަދި ތަފާތު އިހުސާސްކޮށްލާށެވެ.