މިނިސްޓްރީ އޮފް އެޑިއުކޭޝަން

ޣާޒީ ސްކޫލުގެ ޕްރިންސިޕަލަކަށް ބަޝީރާ

Dec 22, 2022

ހުޅުމާލޭގައި ހުންނަ ޣާޒީ ސްކޫލުގެ ޕްރިންސިޕަލްގެ މަގާމަށް ބަޝީރާ މުހައްމަދު ހަމަޖައްސައިފި އެވެ.

ބަޝީރާ ކުރިން ހުންނެވީ ތާޖުއްދީން ސްކޫލްގެ ޕްރިންސިޕަލްގެ މަގާމުގަ އެވެ.

ޣާޒީ ސްކޫލުގެ ޕްރިންސިޕަލްގެ މަގާމަށް ބަޝީރާ ހަމަޖައްސަން ނިންމީ އެ ސްކޫލަށް ޕްރިންސިޕަލަކު ހޯދުމަށް އެޑިޔުކޭޝަން މިނިސްޓްރީން އިއުލާންކުރުމުން ބަޝީރާ ވެސް ކުރިމަތިލައިގެން އެންމެ ރަނގަޅު ބޭފުޅެއްގެ ގޮތުގައި އޭނާ ހޮވުމުންނެވެ.

އަވަސް އަށް އެނގިފައިވާ ގޮތުގައި ބަޝީރާ އަކީ ހުޅުމާލޭގައި ދިރިއުޅުއްވާ ބޭފުޅެކެވެ.

ޣާޒީ ސްކޫލުގެ ޕްރިންސިޕަލްގެ މަގާމަށް ބަޝީރާ ހަމަޖައްސާފައި މިވަނީ ކުރިން އެ މަގާމުގައި ހުންނެވީ މަރިޔަމް މުހައްމަދު ވަނީ ހުޅުމާލޭގައި ހިންގަމުން ގެންދާ މުހައްމަދު ގާސިމް ޕްރީ ސްކޫލްގެ ޕްރިންސިޕަލަކަށް ބަދަލުކުރުމާ ގުޅިގެންނެވެ.

ތައުލީމީ ދާއިރާއާ 1989 ވަނަ އަހަރު ގުޅިވަޑައިގެންނެވި ބަޝީރާ ވަނީ ތާޖުއްދީން ސްކޫލުގެ އިތުރުން އިސްކަންދަރު ސްކޫލުގައިވެސް މަސައްކަތް ކުރައްވާފަ އެވެ.