ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

މަސްވެރިންނަށް ކްރެޑިޓަށް ތެލާއި އައިސް ދޫކުރަން ފަށަނީ

Dec 23, 2022
1

މަސްވެރިންނަށް ވަރަށް އަވަހަށް ކްރެޑިޓަށް ތެލާއި އައިސް ލިބޭނެ އިންތިޒާމު ހަމަޖައްސަވައިދެއްވާނެ ކަމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ ގއ. ދާންދޫގައި އަލަށް އިތުރުކުރެވުނު ބިން ރަސްމީކޮށް ކައުންސިލާ ހަވާލުކުރުމަށް ދާންދޫ ހިއްކި ބިން ސަރަހައްދުގައި މިރޭ ބޭއްވި މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

ރައީސް ސޯލިހް ވިދާޅުވީ މަސްވެރިންގެ ކަންބޮޑުވުންތަކަށް އެދެވޭ ހައްލުތަކެއް ވަރަށް އަވަހަށް ލިބޭނެ ކަމަށެވެ. އެގޮތުން ފެނަކަ މެދުވެރިކޮށް ކްރެޑިޓަށް އައިސް ލިބޭނެ ކަމަށާއި އަދި އެސްޓީއޯ މެދުވެރިކޮށް މަސްވެރިން ބޭނުންވާ މިންވަރަށް ކްރެޑިޓަށް ތެލާއި ޑީސަލް ލިބޭނެ އިންތިޒާމް ހަމަޖައްސައިދޭނެ ކަމަށެވެ.

"ކުރިއަށް އޮތް ދެ ހަފްތާއެއް ތެރޭ އެސްޓީއޯ މެދުވެރިކޮށް މަސްވެރިން ބޭނުންވާ ވަރަށް ތެޔޮ ލިބޭނެ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުން ދެތިންމަސް ތެރޭ މަސްވެރިންނާ ގުޅިފައި ހުރި މައްސަލަތަކުގެ ސަރުކާރުގެ ތެރެއިން ހައްލުތަކެއް ލިބޭނެ ކަމަށެވެ.

މަސްވެރިންނަށް ތެޔޮ ގަންނަން ލިބޭ އަގު ބޮޑުވުމާއި ބޭނުންވާ ވަރަށް އައިސް ނުލިބުމަކީ މަސްވެރިން އަބަދުވެސް ކުރާ ޝަކުވާ އެކެވެ. އަދި މަސްވެރިން ބާނާ މަސް ހަމަ އަގުގައި މިފްކޯ އާއި އަމިއްލަ ކުންފުނިތަކަށް ނުކިރޭ މައްސަލަވެސް މަސްވެރިން އަބަދު ފާހަގަކުރަމުންގެންދެ އެވެ.