ބޮލީވުޑް

ދެ ރަންވީރަށް ވެސް "ސާކަސް" ސަލާމަތެއް ނުކުރެވުނު!

"ސާކަސް"ގެ ޕޯސްޓަރެއް
100%
0%
0%

ރަންވީރު ސިންގް ބަތަލުގެ ބައި ކުޅެފައިވާ ޑައިރެކްޓަރު ރޯހިތު ޝެޓީގެ އާ ފިލްމު "ސާކަސް" ބެލުންތެރިންނަށް އެއްގޮތަކަށް ވެސް ކަމަކު ނުދިޔަ އެވެ. ފިލްމަށް ކްރިޓިކްސްގެ ފާޑުކިޔުންތައް ވަރަށް ބޮޑަށް އަމާޒުވެފައިވާއިރު ސިނަމާއަށް ގޮސް ފިލްމު ބެލި ގިނަ މީހުން ވެސް ބުނެފައިވަނީ ފިލްމު ވަރަށް ފީކަޅާ ކަމަށެވެ.

ޖެކްލީން ފެނާންޑިސް އާއި ޕޫޖާ ހެގްޅޭ ބަތަލާގެ ބައި ކުޅެފައިވާ މި ފިލްމުގައި ދީޕިކާ ވެސް މެހެމާން ރޯލަކުން ފެނިލަ އެވެ.

ޑައިރެކްޓަރު ރޯހިތު މީގެ ކުރިން އުފައްދާފައިވާ "ގޯލްމާލް" ސީރީޒް އަކީ ވަރަށް ހެއްވާ މަޖާ އަދި އެހާމެ މުނިފޫހިފިލާ ފިލްމު ތަކެކެވެ.

"ސާކަސް"ގައި ވެސް އެފަދަ މަޖާ ކަންތައްތަކެއް ދެއްކޭތޯ ރޯހިތު މަސައްކަތް ކޮށްފައި ވެއެވެ. ނަމަވެސް ފިލްމުގެ ސްކްރިޕްޓްގައި އެއްވެސް ޖާދޫއެއް ނެތް ކަމަށް ބެލުންތެރިން ބުނެފައިވެއެވެ.

"ފިލްމަކީ ކޮމެޑީ ފިލްމަކަށް ހަދަން ރޯހިތު މަސައްކަތް ކޮށްފައި ވިޔަސް ފިލްމުގައި ރަނގަޅަށް ހީނ ލެވޭ ކަހަލަ އެއްވެސް ޑައިލޯގެއް ނެތް،" ފިލްމު ބެލި މީހަކު ކުރި ކޮމެންޓެއްގައި ވެއެވެ.

ހިންދުސްތާން ޓައިމްސްގެ ރިވިއުގައި ބުނެފައިވާ ގޮތުގައި ރޯހިތުގެ މި ފިލްމުގައި ކޮމެޑީގެ ބައި ދުވަހަކުވެސް ނުދާހާ ދަށަށް ގޮސްފައިވާ ކަމަށެވެ.

ރޯހިތުގެ ފިލްމުތަކަށް ބޮކްސް އޮފީހުގައި ރަނގަޅު ކާމިޔާބެއް ލިބެމުން ގޮސްފައިވެއެވެ. އެހެންވެ "ސާކަސް"ގެ ވިޔަފާރި ވެސް ރަނގަޅުވާނެ ކަމަށް ޓްރޭޑް އެނަލިސްޓުން އުންމީދު ކުރި އެވެ. ނަމަވެސް މިހާރު ލަފާ ކުރެވެނީ ހުކުރު ދުވަހު ރިލީޒްކުރި މި ފިލްމަށް ފުރަތަމަ ދުވަހު ލިބިފައިވަނީ ހަތް ކްރޯޑު ރުޕީސް ކަމަށެވެ. މިއީ ބޮޑު ބަޖެޓަކުން އުފައްދާ ފިލްމަކާ ބަލާއިރު ވަރަށް ދަށް އަދަދެކެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި ފިލްމު ބަލަން ސިނަމާތަކަށް ދާ މީހުން އިތުރު ނުވެއްޖެނަމަ ފިލްމު ފްލޮޕްވާނެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345