ޕީޕީއެމް

ޔާމީނަށް ކުރި ހުކުމްގެ ރިޕޯޓު ވަކީލުންނަށް ދީފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އިއްޔެ ކްރިމިނަލް ކޯޓަށް ވަޑައިގަންނަވަނީ. ފޮޓޯ: އަހުމަދު އަޒާން | އަވަސް
0%
0%
0%

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކްރިމިނަލް ކޯޓުން އިއްޔެ އިއްވި ހުކުމްގެ ރިޕޯޓް އެމަނިކުފާނުގެ ވަކީލުންނަށް އެ ކޯޓުން މިއަދު ދީފި އެވެ.

ވ. އާރަށު މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ކުރި ހުކުމްގެ ހުލާސާ ރިޕޯޓު ނުލިބޭތީ އިދިކޮޅު ކޯލިޝަނުގެ އިސްވެރިން، ރައީސް ޔާމީންގެ ވަކީލުންނާއެކު ރިޕޯޓް ހޯދުމަށް މިއަދު ވަނީ ކްރިމިނަލް ކޯޓަށް ގޮސްފަ އެވެ.

ހުކުމްގެ ހުލާސާ ރިޕޯޓް ހަވާލުކުރީ މިއަދު މެންދުރުފަހު އެވެ.

އިދިކޮޅުން ބުނީ އިއްޔެގެ ހުކުމް މަޖިލިސްވެސް ކްރިމިނަލް ކޯޓުގެ ޔޫޓިއުބް ޗެނަލުން ޑިލީޓްކޮށްލާފައިވާ ކަމަށެވެ.

ރައީސް ޔާމީން 11 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމްގެ ރިޕޯޓް ލިބުނުހާ އަވަހަށް މި މައްސަލަ އިސްތިއުނާފު ކުރުމުގެ މަސައްކަތް ފަށާނެ ކަމަށް އެމަނިކުފާނުގެ ވަކީލުންގެ ޓީމުން ވަނީ ބުނެފަ އެވެ.

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލް ހުކުމް ކުރެއްވީ މަނީ ލޯންޑްރިންގެ ކުށުގައި ޔާމީން ހަތް އަހަރަށް ޖަލަށްލުމަށާއި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް ދެއްކުމަށެވެ. އަދި ރިޝްވަތުގެ ކުށުގައި ހަތަރު އަހަރަށް ޖަލަށްލުމަށެެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910