ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން މި މަހުގެ 22 ވަނަ ދުވަހު ފްލައިޓް މޫވްމެންޓް، އެއާޕޯޓް ބޭނުން ކުރި އަދަދުގެ އާ ރެކޯޑެއް ހަދައިފި އެވެ.
މިއީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ރަންވޭ މިދިޔަ އޮކްޓޫބަރު މަހުގެ ހަވަނަ ދުވަހު ބޭނުންކުރަން ފެށި ފަހުން ހެދި މުޅިން އާ ރެކޯޑެކެވެ.
ވީއައިއޭ ބަލަހައްޓާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން އިން އާއްމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުގައި މި މަހުގެ 22 ވަނަ ދުވަހުު އެއާޕޯޓުގައި ޖުމްލަ 228 މޫވްމަންޓް ހަދާފައިވެ އެވެ.
މީގެތެރޭގައި ހިމެނެނީ 104 އިންޓަނޭޝަނަލް މޫވްމަންޓާއި 104 ޑޮމެސްޓިކް މޫވްމަންޓްގެ އިތުރުން 20 ޖެނެރަލް އޭވިއޭޝަން މޫވްމަންޓެވެ.
އެމްއޭސީއެލް ބުނާގޮތުގައި ކުރިން އެންމެ ގިނައިން ފްލައިޓް މޫވްމެންޓް ހަދާފައިވަނީ 2020 ވަނަ އަހަރުގެ ޖެނުއަރީ ފަސް ވަނަ ދުވަހު އެވެ. އެ ދުވަހު 811 ފްލައިޓް މޫވްމަންޓް ރެކޯޑު ކުރެވިފައިވެ އެވެ.