މޯލްޑިވްސް ޕޮލިސް ސާވިސް

ހަތަރު ދުވަސް ކުރިން ގެއްލުނު މީހަކު ހޯދަނީ

މާލެއިން ދިވެހި ޒުވާނަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

ފުލުހުން ބުނި ގޮތުގައި ގެއްލިގެން ހޯދަމުންދަނީ ލ. މާވަށް، ކުންނާރުމާގެ، މޫސާ އަނީސް (32އ) އެވެ.

އަނީސް ގެއްލިގެން އޭނާގެ އާއިލާއިން ފުލުހުންނަށް ރިޕޯޓުކޮއްފައި ވަނީ އިއްޔެ ހަވީރު އެވެ. މިމަހުގެ 24 ވަނަ ދުވަހުން ފެށިގެން އަނީސްގެ ޚަބަރެއް ނުވާ ކަމަށް އާއިލާއިން ވަނީ ފުލުހުންނަށް ބުނެފަ އެވެ.

އަނީސް ހޯދުމުގެ މަސައްކަތް ފަށާފައިވާއިރު އަނީސްއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ފުލުހުންނާ ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.