ބޮލީވުޑް

ސަންގީތާ ދެކެ އަދިވެސް ސަލްމާން ވަރަށް ލޯބިވޭ

ސަލްމާންގެ 57 ވަނަ އުފަން ދުވަސް ޑިސެމްބަރު 27 ވަނަ ދުވަހު ވަރަށް ކުލަގަދަކޮށް ފާހަގަ ކޮށްފައި ވެއެވެ. ސަލްމާންގެ ގޭގައި އެރޭ ވަރަށް ބޮޑު ޕާޓީ އެއް ވެސް ބޭއްވި އެވެ.

މި ޕާޓީ އަށް ޝާހްރުކް ޚާން އާއި އެނޫންވެސް ސަލްމާންގެ ފިލްމު އިންޑަސްޓްރީގެ އެކުވެރިންގެ ތެރެއިން ގިނަ އަދަދެއްގެ މީހުން ދިޔަ އެވެ. އަދި ސަލްމާންގެ އާއިލާގެ އެންމެން ކަހަލަ ގޮތަކަށް މި ޕާޓީގައި ބައިވެރިވި އެވެ. ނަމަވެސް މި ޕާޓީއަށް ދިޔަ މީހުންގެ ތެރެއިން ގިނަ ބައެއްގެ ލޮލުގައި އެންމެ ބޮޑަށް އަޅައިގަތީ ސަލްމާންގެ ކުރީގެ ލޯބިވެރިޔާ ސަންގީތާ ބިޖިލާނީ އެވެ. ސަލްމާނާއި ސަންގީތާގެ އޮތް ހާއްސަ ގުޅުމެވެ.

ސަލްމާން އެންމެ ޅައިރު ރައްޓެހިވެގެން އުޅުނީ ސަންގީތާ އާއެވެ. އަދި ދެ މީހުން އެންގޭޖްވެ ކައިވެނިކުރަން ކާޑު ވެސް ޕްރިންޓްކޮށް ބަހާފައި ވެއެވެ.

މި ކައިވެނި ކެންސަލްވީ އެންމެ ފަހު ވަގުތު އެވެ. ފަހުން ސަންގީތާ ވަނީ އޭރުގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިއެއް ކަމަށްވާ މުހައްމަދު އަޒްހަރުއްދީނާ ކައިވެނިކޮށްފަ އެވެ. އަދި މި ކައިވެންޏަށް ލިބުނު ދެ ފިރިހެން ދަރިންގެ ތެރެއިން އެއް ކުއްޖަކު ވަނީ ކާރު އެކްސިޑެންޓެއްގައި ވަރަށް ފަހުން މަރުވެފަ އެވެ.

ސަލްމާންއާ ކައިވެނިކުރަން ތައްޔާރުވެފައި އެ ކައިވެނި ނުކުރަން ނިންމީ ސަންގީތާ ކަމަށް ވެއެވެ. ސޯމީ އަލީއާ އެކު ސަލްމާން ކޮޓަރިއެއްގައި އޮއްވާ ރެޑް ހޭންޑްކޮށް ހިފިގެން އެކަމާ އައި ރުޅީގަ އެވެ. ނަމަވެސް ސަލްމާނާ އޮތް ލޯބިގެ ގުޅުން ކެނޑުނަސް އެ ދެމެދުގައި އޮތް އެކުވެރިކަމެއް އެއް އިރެއްގައި ވެސް ނުކެނޑެ އެވެ. އެ ދެ މީހުންގެ މެދުގައި އަބަދުވެސް ގާތް އެކުވެރިކަމެއް އެބައޮތެވެ.

އަޒްހަރުއްދީން ކައިރިން ވަރިވެގެން ސަންގީތާ ވެސް މިހާރު ހުރީ ހުހަށެވެ. ނަމަވެސް ކިތަންމެ ގުޅުން ރަނގަޅަސް ސަލްމާނާއި ސަންގީތާ ކައިވެނި ކުރާނެ ކަމަކަށް ނުބެލެވެ އެވެ. ސަލްމާން ބުނެފައިވަނީ އޭނާ ދުވަހަކުވެސް ކައިވެންޏެއް ކުރަން ބޭނުން ނުވާ ކަމަށެވެ. އަމިއްލަ އުފަން ދަރިން ބޭނުން ނަމަވެސް އެ ދަރިންގެ މަންމަ ބޭނުންނުވާ ކަމަށެވެ.