މުހައްމަދު މާޖިދު (މެޒޯ)

މަޝްހޫރު ލަވަކިޔުންތެރިޔާ މެޒޯ މުހައްމަދު ނިޔާވެއްޖެ

މަޝްހޫރު ލަވަކިޔުންތެރިޔާ މުހައްމަދު މާޖިދު (މެޒޯ) ނިޔާވެއްޖެ އެވެ.

މެޒޯ މުހައްމަދު ނިޔާވީ ސިއްހީ ހާލަތު ދެރަވެގެން އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް މިއަދުގެ ވަގުތެއްގައި ކަމަށް މައުލޫމާތު ލިބެ އެވެ.

މިއުޒިކްގެ ދާއިރާ އިން މުހައްމަދަށް ވަނީ ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހިތްވަރު ދިނުމުގެ ގައުމީ އިނާމު ވެސް ލިބިފަ އެވެ.

މުހައްމަދަކީ މިއުޒިކާއި ލަވަކިޔުމުގެ ފަންނުގައި 40 އަކަށް އަހަރު ހޭދަކޮށްފައިވާ އެ ދާއިރާގެ އެންމެ އުހުގައި ހުރި ފަންނުވެރިއެކެވެ.

މެޒޯ ނިޔާވިއިރު އޭނާގެ ދެ ކުދިންގެ ތެރެއިން އަންހެން ދަރިފުޅު މީރާ އަކީ ރާއްޖޭގައި މިއަދު ފާހަގަކުރެވޭ ލަވަކިޔުންތެރިންގެ ތެރޭގައި ހިމެނޭ ފަންނާނެކެވެ.