އެސްޓީއޯ

ގުރައިދޫ މަރުކަޒަށް އެސްޓީއޯއިން ޒިޔާރަތްކޮށްފި

ސަރުކާރާއި އާމުން ހިއްސާވާ ކުންފުނި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއީ) ގްރޫޕް އިން ކ. ގުރައިދޫ ހާއްސައެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ޒިޔާރަތްކޮށް އެހީ ފޯރުކޮށްދީފި އެވެ.

އެސްޓީއޯގެ ސަބްސިޑަރީ ކުންފުނިތަކުން ގުރައިދޫ ހާއްސައެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ޒިޔާރަތް ކުރީ އިއްޔެ އެވެ. އެކުންފުނިން ބުނީ މިދަތުރުގެ މައިގަނޑު ބޭނުމަކީ ބަލި މީހުންނާއި ބައްދަލުކޮށް އެމީހުންގެ ހާލުބަލުމާއި އަދި އެމީހުންގެ އިމާރާތުގެ ހާލަތު ބެލުމާއި އެމީހުންނަށް ބޭނުންވާނެ އެހީ ދެނެގަތުމަށް ކަމަށެވެ. އެގޮތުން އެ ގްރޫޕުން ވަނީ މިމަރުކަޒަށް ގިނަ އަދަދެއްގެ ތަކެތި ހަދިޔާކޮށްފަ އެވެ.

އެސްޓީއޯއިން މީގެ ކުރިން ވެސް ވަނީ މި މައުރަޒަށް ޒިޔާރަތްކޮށް ގިނަ އަދަދެއްގެ ކާބޯތަކެއްޗާއި މަރުކަޒަށް ބޭނުންވާ އެހެނިހެން ތަކެތި ހަދިޔާ ކޮށްފައެވެ.