ފިނިޕޭޖް

ޕިންކްގެ ފިރިމީހާ ކަރު އޮޕަރޭޝަނެއް ކޮށްފި

ލަވަކިޔުންތެރިޔާ ޕިންކްގެ ފިރިމީހާ ކެރީ ހާޓް ކަރު އޮޕަރޭޝަނެއް ކޮށްފި އެވެ.

އުމުރުން 47 އަހަރުގެ ކެރީ މި އޮފަރޭޝަންކޮށްފައިވަނީ އޭނާގެ ވަޓިބްރޭ ފިއުޒް ކުރުމަށެވެ.

ކެރީގެ މި އޮފަރޭޝަން ކޮށްފައިވަނީ ޑިސްކް ސްޕޯޓްސް އެންޑް ސްޕައިން ސެންޓަރުގެ ޑރ. ބްރޭ އާއި ޓީމް އެވެ. ކެރީ ވަނީ މި ޓީމަށް ޝުކުރުއަދާކޮށްފަ އެވެ.

ކެރީ ދިޔައީ އިންސްތަގްރާމްގައި އޭނާގެ އޮޕަރޭޝަނާ ގުޅިގެން އަޕްޑޭޓް ދެމުންނެވެ. އަދި އަވަހަށް ރަނގަޅުވަމުންދާ ކަމަށްވެސް ބުންޏެވެ.

ކެރީއަކީ ނުރައްކާތެރި ސްޕޯޓެއް ކަމުގައިވާ މޮޓޯކްރޮސްގެ ކުރީގެ ތަރިއެކެވެ. މިކުޅިވަރުގެ ތެރެއިން ކެރީގެ ހަށިގަނޑުގެ އެކި ތަންތަނުގައި ރެނދުލުން ފަދަ ގިނަ އަނިޔާތައް ލިބިފައިވެ އެވެ.

ކެރީ މީގެ ކުރިންވެސް ވަނީ ބުރަކަށީގައި ރިއްސާކަން ހާމަކޮށްފަ އެވެ. 2014 ގައިވެސް ކެރީ ވަނީ ސްޕައިން ފިއުޒްކުރުމަށް އޮފަރޭޝަނެއް ކޮށްފަ އެވެ. އަދި މިދިޔަ ސެޕްޓެމްބަރު މަހު ސްޕައިން ޑިސްކް ރިޕްލޭސްމަންޓް ސާޖަރީއެއްވެސް ހެދި އެވެ.

އޮޕަރޭޝަނުން ރަނގަޅު ވާއިރަށް އަނެއްކާވެސް ޑަޓްބައިކް ދުއްވަން ފަށާނެ ކަމަށް ކެރީ ބުންޏެވެ. ކެރީ ބުނީ ކިތަންމެ ފަހަރަކު އެކްސިޑެންޓެއްވެ ތަންތަން ބިންދައިގެން ގޮސް އޮންނައިރު، އެކަން ކުރީ ކީއްވެތޯ ހިތައް އަރާ ކަމަށެވެ. އެހެންނަމަވެސް ހޮސްޕިޓަލަށް ގޮސް ފަހާ، ބޮލްޓް ޖަހާ ރަނގަޅު ވުމުން، އެ އިންޖަރީ ހަނދާންނެތިފައި، ޑަޓްބައިކް މިސްވާން ފަށާ ކަމަށް ކެރީ ބުންޏެވެ.

ކެރީއާއި ޕިންކް 2001 ގައި ބައްދަލުވެ ކައިވެނި ކުރީ 2006 ގައެވެ. އަދި މި ދެމަފިރިންގެ ދެ ކުދިން ތިބެ އެވެ. އެއީ 11 އަހަރުގެ ވިލޯ އާއި ފަސް އަހަރުގެ ޖޭމިސަން އެވެ.