މައިތްރިޕާލާ ސިރިސޭނާ

ވައުދު ފުއްދަންވާނީ އިންތިހާބެއް ކުރިމަތިވީމައެއް ނޫން: ސިރިސޭނާ

ރައްޔިތުންނަށް ހިދުމަތް ކުރަން ޖެހޭނީ އިންތިހާބެއް ބޯމަތިވުމުން ނޫން ކަމަށާއި މަގާމުގެ ޒިންމާ އެންމެ އެކަށީގެންވާ ގޮތަކަށް އަބަދުވެސް އުފުލަން ޖެހޭނެ ކަމަށް ސްރީލަންކާގެ ރައީސް މައިތުރިޕާލާ ސިރިސޭނާ ވިދާޅުވެއްޖެ އެވެ.

ސިރިސޭނާ ވަނީ ޕާލިމެންޓް މެމްބަރުންގެ ކިބައިން ވެސް އިންތިހާބު ބޯމަތިނުވި ނަމަވެސް ރައްޔިތުންނަށް ހިދުމަތްކޮށް ވައުދުތައް ފުރިހަމަ ކުރެއްވުމަށް އިލްތިމާސް ކުރައްވާފަ އެވެ.

ސިރިސޭނާ މިހެން ވިދާޅުވީ މިދިޔަ ހުކުރު ދުވަހު ޕުޓްލަމް އަވަށުގެ އަދަރްޝާ މަހާ ވިދީލަޔާ ސްކޫލްގައި ގާއިމްކުރި ޓެކްނިކަލް ލެބޯޓްރީ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. ސިރިސޭނާ ވިދާޅުވީ އިންތިހާބުތަކުގެ ދުވަސް ވަރަށް މަޑުކޮށް ރައްޔިތުންނަށް ހިދުމަތް ދިނުމުގައި އެއްވެސް ފަސްކުރުމެއް ގެންގުޅެގެން ނުވާނެ ކަމަށެވެ.

"ރައްޔިތުންނަށް އަދި ތަރއްގީއަށް ބޭނުންވާ އެއްވެސް ފިޔަވަޅެއް ނެގުމުގަިއ އެއްވެސް މީހަކު ބިރުގަނެ ފަހަތަށް ޖެހިގެން ނުވާނެ" ސިރިސޭނާ ވިދާޅުވި އެވެ.

އެރަސްމިއްޔާތުގައި ސިރިސޭނާ ވަނީ ސްކޫލްތަކަށް ބޭނުންވާ އިތުރު ޓީޗަރުންނާއި ވަސީލަތް ފުރިހަމަކޮށްދިނުމަށް ފިޔަވަޅުތަކެއް އަޅަން ކަމާބެހޭ ފަރާތްތަކަށް ގޮވާލައްވާފަ އެވެ.