ފިނިޕޭޖް

ނިކޯލް ޝާޒިންގާގެ ނިއު ލުކް

"ދަ މާސްކްޑް ސިންގަރގެ ޖަޖް އަދި ޕުސީކެޓް ޑޯލްސްގެ ލަވަކިޔުންތެރިޔާ ނިކޯލް ޝާޒިންގާގެ ސިފަ މުޅިން ތަފާތުކޮށް ދައްކާލައިފި އެވެ.

އުމުން 44 އަހަރުގެ ނިކޯލް ވަނީ އޭނާގެ މެއަށް ވުރެ ވެސް ތިރިއަށް ދިގުކޮށް އޮތް އިސްތަށިގަނޑު ކަންފަތު ފޫޅާ ހަމައަށް ކޮށާލާފަ އެވެ.

ނިކޯލް އޭނާގެ އާ ސްޓައިލް ދައްކާލީ އިންސްތަގްރާމްގައި ކުރި ހާއްސަ ޕޯސްޓެއްގަ އެވެ.

މިއަހަރުގެ ފެބްރުއަރީ މަހު ވެސް ނިކޯލް، އޭނާގެ އިސްތަށިގަނޑު ކުރުކޮށްލި އެވެ. އެކަމަކު އޭނާ އަކީ އާންމުކޮށް ދިގު އިސްތަށިގަނޑެއް ގެންގުޅޭ ތަރިއެކެވެ.

ނިކޯލް ބުނީ އޭނާގެ ކެރިއަރު ފަށައިގަނެ، ކުރިއަރަމުން ދިޔައިރު ބޮޑީ ޑިސްމޯފިއާ އާއި ބުލިމާއާ ކުރިމަތިލާންޖެހުނު ކަމެވެ.

މިކަންތަކުން އަރައިގަތުމުގެ ގޮތުން، ތެރަޕިސްޓުންނާއި ލައިފް ކޯޗުންގެ އެހީތެރިކަން ހޯދައިފައި ވާނެ ކަމަށްވެސް ބުންޏެވެ.

ނިކޯލް އަކީ އޭނާގެ ދިރިއުޅުމާއި ލޯބީގެ ހަޔާތް ވަރަށް ބޮޑަށް ސިއްރުކުރުމަށް ބޭނުންވާ ތަރިއެކެވެ.