މޯލްޑިވްސް ޕޮލިސް ސާވިސް

ތެޔޮ ބޯޓު ފެނިއްޖެ، ހޯދާ ދެ މީހުން ނުފެނޭ

Jan 1, 2023

ތެޔޮ ބޯޓެއްގައި ފުރިފަހުން ގެއްލުނު ދެ މީހުން ދަތުރުކުރި ބޯޓު ފެނިއްޖެ އެވެ.

ފުލުހުން މިއަދު ބޯޓު ފެނިފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ކައިރިން ކަމަށެވެ. ނަމަވެސް ބޯޓުގައި އެއްވެސް މީހަކު ނެތް ކަމަށްވެސް ފުލުން މައުލޫމާތު ދީފައިވެ އެވެ.

ފުލުހުން ރޭ ބުނީ ވިލިމާލެ އިން ތެޔޮ ބޯޓެއްގައި މިމަހުގެ 28 ވަނަ ދުވަހުގެ ރޭ ފުރި ދެ މީހަކު ގެއްލިގެން ހޯދަމުންދާ ކަމަށެވެ.

ގެއްލިފައިވަނީ ގދ. ތިނަދޫ، މަނާރު، މުހައްމަދު ނިޒާމު (45 އ) އާއި ބަނގްލަދޭޝްގެ މޮހައްމަދު ލިޓަން (35 އ) އެވެ.

މި ދެ މީހުން ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިމަހުގެ 29 ވަނަ ދުވަހު ކަމަށްވެސް ފުލުހުން ބުނެ އެވެ.

ފުލުހުން ވަނީ މި ދެ މީހުންނާ ގުޅޭ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކަށް ލިބިއްޖެނަމަ ލަސްނުކޮށް އެ މައުލޫމާތު ހިއްސާކުރުމަށް އެދިފަ އެވެ.