އެމްއެންޑީއެފް

ރަސްމީ ފާލަން ސަރަހައްދަށް ގިނަ އަދަދަކަށް ކަޅުތެޔޮ އެޅިއްޖެ

ރަސްމީ ފާލަން ސަރަހައްދު މޫދަށް ގިނަ އަދަދަކަށް ކަޅުތެޔޮ އެޅިފަ--- ފޮޓޯ: އެމްއެންޑީއެފް
0%
0%
0%

މާލޭ ރަސްމީ ފާލަމާއި ތިން ނަންބަރު ޖެޓީ ސަރަހައްދު މޫދަށް ގިނަ އަދަދެއްގެ ކަޅުތެޔޮ އެޅިއްޖެ އެވެ.

އެ ސަރަހައްދަށް ކަޅުތެޔޮ އެޅިފަ ހުރިކަމުގެ މައުލޫމާތު އެމްއެންޑީއެފްގެ މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރު (އެމްއާރްސީސީ) އަށް ލިބުނީ މިއަދު ހެނދުނު 9:10 ހާއިރު އެވެ.

ހާދިސާގެ މައުލޫމާތު ލިބުމާއެކު ކަޅުތެޔޮ ނެގުމުގެ މަސައްކަތް ކޯސްޓްގާޑްގެ ޑައިވަރުންނާއި އޮއިލް ޕޮލިއުޝަން ރެސްޕޮންސް ޓީމުން ވަނީ ފަށާފަ އެވެ.

އަވަސް އަށް މައުލޫމާތު ދެއްވަމުން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ވިދާޅުވި ގޮތުގައި ކަޅުތެޔޮ ނެގުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރަމުންނެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި މިކަމުގައި ކޯސްޓްގާޑުގެ ސިފައިންނަށް އެހީތެރިވުމަށް އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަނާއި މާލެ އޭރިއާ މެރީންސާއި މެރިން ޕޮލިސްގެ އިތުރުން މާލެ ސިޓީ ކައުންސިލްގެ ފަރާތުން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910