ޓީއެމްއޭ

ޓީއެމްއޭގެ ސިސްޓަމަށް ދިމާވި މައްސަލަ ހައްލުކޮށްފި

Jan 2, 2023

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ހުރި ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)ގެ ސިސްޓަމަށް ދިމާވި މައްސަލަ ހައްލުކޮށްފި އެވެ.

ޓީއެމްއޭގެ އޮފިޝަލަކު މިއަދު އަވަސް އަށް މައުލޫމާތު ދެއްވަމުން އެ ކުންފުނިން ބޭނުންކުރަމުން އައި ސިސްޓަމަށް ދިމާވި މައްސަލަ ހައްލުކޮށް މިއަދު ހެނދުނުން ފެށިގެން އެއްވެސް މައްސަލައެއް ނުޖެހި މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ.

ޓީއެމްއޭގެ ސިސްޓަމަށް ދިން "މަލްވެއާ" އެޓޭކަކާ ގުޅިގެން މިދިޔަ ހޮނިހިރު ދުވަހު ސިސްޓަމް ޑައުންވުމުގެ ސަބަބުން އެކި ތަންތަނަށް ފުރަން ގޮސް ތިބި ޓޫރިސްޓުންނާއި އާންމުން އެއާޕޯޓުގައި އެތައް އިރަކު ތާށިވެ ބޮޑެތި އުދަނގޫތަކެއް އުފުލަންޖެހުނެވެ.

ހޮނިހިރު ދުވަހުން ފެށިގެން ޕެސެންޖަރުންނަށް ހިދުމަތް ދެނީ މެނުއަލް ކޮށެވެ.

ކިޔޫގައި ގިނައިރުވުމުގެ ސަބަބުން ފަތުރުވެރިން ވަނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށް ޗުއްޓީ ހަރާބުވެފައިވާ ކަމަށްވެސް ބުނެފަ އެވެ.

މިދުވަސްވަރަކީ އާ އަހަރުގެ ޗުއްޓީ ފާހަގަކުރުމަށް ގިނަ އަދަދެއްގެ ފަތުރުވެރިން ރާޢްޖެއަށް ޒިޔާރަތްކުރާ ދުވަސްވަރެކެވެ.