ޓޫރިޒަމް

22 ގައުމަކުން ސީދާ ދަތުރުތައް ރާއްޖެއަށް

ރާއްޖެއަށް މިހާރު 22 ގައުމަކުން 31 އެއާލައިނަކުން ދަތުރުތައް ކުރާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ އެންމެފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓްގެ ގަދަ 10ގައި ހިމެނޭ ގައުމުތަކުގެ ތެރެއިން އަށް ގައުމަކުން ރާއްޖެއަށް މިހާރު ސީދާ ދަތުރުތައް ކުރެ އެވެ.

ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ 10 ގައުމުގެ ތެރެއިން ރާއްޖެއަށް ސީދާ ދަތުރުތައް ނުކުރާ ދެ ގައުމަކީ އެމެރިކާ އާއި ސްޕެއިންއިންނެވެ.

މިވަގުތު ރާއްޖެއަށް 31 އެއާލައިނުން ދަތުރުކުރި ނަމަވެސް ފިނިމޫސުމާ ދިމާކޮށް އިތުރު އެއާލައިންތަކަކުން ރާއްޖެއަށް ދަތުރުތައް ފެށުމަށް ވަނީ ހަމަޖެހިފަ އެވެ.

އެގޮތުން ސިމްޑީ އާއި ޔޫއޭއީގެ ބަޔަކު ގުޅިގެން ދަތުރުތައް ފަށަން ތައްޔާރުވަމުން އަންނަ އެއާލައިން "ބިއޯންޑް" ގެ ދަތުރުތައް ނޮވެމްބަރު މަހު ފެށުމަށް ވަނީ ހަމަޖެހިފަ އެވެ.

މީގެ އިތުރުން އިނގިރޭސިވިލާތުގެ ބިލިއަނަރު ރިޗަޑް ބްރޭންސަންގެ ވާޖިން އެޓްލާންޓިކްގެ ދަތުރުތައްވެސް މިމަހު ވަނީ ރާއްޖެއަށް ފަށާފަ އެވެ.