މޯލްޑިވްސް ޕޮލިސް ސާވިސް

ހުޅުމާލޭގައި އޮތް ޕޮލިސް ކާރެއްގައި ރޯކޮށްލައިފި

Jan 2, 2023

ހުޅުމާލޭގައި ޕާކުކޮށްފައި އޮތް ޕޮލިސް ކާރެއްގައި ރޯކޮށްލައިފި އެވެ.

ރޯކޮށްލިއިރު ކާރު ޕާކު ކޮށްފައި އޮތީ ހުޅުމާލޭގައި ހުންނަ އެޗްޑީސީގެ މައި އޮފީސް ހިމެނޭ ސަރަހައްދުގަ އެވެ.

ފުލުހުން ބުނީ މިރޭ 7:40 ހާއިރު ޕާކް ކުރާ ސަރަހައްދެއްގައި އޮތް ކާރެއްގައި ރޯކޮށްލައިގެން ރިޕޯޓްކޮށްފައިވާ ކަމަށެވެ.

ކާރުގައި ރޯކޮށްލިތާ މާގިނައިރުތަކެއް ނުވަނީސް އަލިފާންގަނޑު ނިއްވާލާފައިވާތީ ކާރަށް މާބޮޑު ގެއްލުމެއް ނުވާ ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.

ފުލުހުން ބުނީ މިމައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ. ނަމަވެސް މައްސަލައިގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފައިވާ ކަމަކަށް ބުނެފައެއް ނުވެ އެވެ.