ފިނިޕޭޖް

ރެޕާ ލޮޖިކްއަށް ދެވަނަ ދަރިއެއް ލިބެނީ

ރެޕާ ލޮޖިކް އާއި އަނބިމީހާ ބްރިޓްނީ ނޮއެލްއަށް ދެވަނަ ދަރިއެއް ލިބެނީ އެވެ.

އުމުރުން 32 އަހަރުގެ ލޮޖިކް މި ހަބަރު ހާމަކޮށްފައިވަނީ އާ އަހަރު ފެށުނު ދުވަހު އިންސްތަގްރާމްގައި ޝެއާކުރި ވީޑިއޯއަކުންނެވެ.

"ހެޕީ ނިއު ބޭބީ" ކެޕްޝަނަކަށް ޖަހާފައިވާ މި ވީޑިއޯގައި ފެންނަނީ ބްރިޓްނީ އަލްޓްރާސައުންޑް ސްކޭން ހަދަމުންދާއިރު ސްކްރީންއަށް ބަލަން އިންނަ ތަނާއި ލޮޖިކް އެ ސްކްރީން ރެކޯޑް ކުރާ ތަނެވެ.

މި ދެމަފިރިންނަށް ފުރަތަމަ ދަރިއަކު ލިބުނީ 2020 ވަނަ އަހރުގެ ޖުލައި މަހު އެވެ. އެއީ ބޮބީ ކިޔާ ފިރިހެން ކުއްޖެކެވެ. ބޮބީ ލިބުނުކަމަށް ލޮޖިކް އިއުލާންކޮށްފައިވަނީ ހަމަ ސޯޝަލް މީޑިއާ ޕޯސްޓަކުންނެވެ.

ލޮޖިކް އެ ޕޯސްޓްގައި ބުނީ އާއިލާއާ އެކު ޕްރައިވެސީ އެއީ އޭނާއަށް ވަރަށް މުހިއްމު ކަމެއް ކަމަށެވެ. އެހެން ނަމަވެސް ކެރިއާ ފެށުނީއްސުރެއް އޭނާގެ ފޭނުންނަކީ އޭނާގެ އާއިލާ ކަމަށާއި އެންމެންނަށް އޭނާގެ އާ ހަޔާތުގެ ކަޅިއެއް ދައްކާލަން ބޭނުންވާ ކަމަށެވެ. އެ ޕޯސްޓްގައި ބްރިޓްނީއަށްވެސް ތައުރީފްކޮށް، ބޮބީ އާއި ބްރިޓްނީގެ ސަބަބުން ލޮޖިކް އަކީ ދުނިޔޭގެ އެންމެ އުފާވެރި މީހާ ކަމަށްވެސް ބުނެފައިވެ އެވެ.

2020 ގައި ލޮޖިކް ވަނީ ހަވަނަ އަލްބަމް ނެރުމަށްފަހު ލަވަކިއުމުން ރިޓަޔާކުރާ ކަމަށް ބުނެފަ އެވެ. އޭނާ ބުނީ ލަވަކިޔުމުގައި މޮޅު 10 އަހަރު ހޭދަކުރެވިއްޖެ ކަމަށާއި ދެން އޮތީ މޮޅު ބައްޕައަކަށްވުން ކަމަށެވެ.

އެހެން ނަމަވެސް 2021 ގައި ލޮޖިކް ވަނީ "ބޮބީ ޓެރެންޓީނޯ 111" މިކްސް ޓޭޕް އާއި 2022 ގައި ހަތްވަނަ އަލްބަލް "ވައިނީލް ޑޭޒް" ނެރެފަ އެވެ.