ފިނިޕޭޖް

ސޭރާ ބަރޭލިސް އެންގޭޖްވެއްޖެ

ލަވަކިޔުންތެރިޔާ އަދި އެކްޓްރަސް ސޭރާ ބަރެލީސް އެންގޭޖްވެއްޖެ އެެވެ.

ސޭރާ އެންގޭޖްވެފައިވަނީ އޭނާގެ ޒަމާންވީ ލޯބިވެރިޔާ އަދި އެކްޓަރު ޖޯ ޓިޕެޓްއާ އެވެ.

މި ހަބަރު އިއުލާންކޮށްފައިވަނީ އާ އަހަރު ފެށުނު ދުވަހު އިންސްތަގްރާމް ޕޯސްޓަކުންނެވެ. މި ދެތަރިން ކައިވެނިކުރާނެ ތަރީހް އަދި ހާމަކޮށްފައެއް ނުވެ އެވެ.

ސޭރާ، ޖޯ އާ ދިމާވެފައިވަނީ 2015 ގައި ބްރޯޑްވޭ މިއުޒިކަލްއެއް ކަމުގައިވާ "ވެއިޓްރަސް" ގެ އޮޑިޝަނުންނެވެ.

މި ޝޯގެ މިއުޒިކް އަދި ލިރިކްސް ހަދާފައިވަނީ ސޭރާ އެވެ. އެހެންނަމަވެސް ޖޯ އެ ޝޯއާ ގުޅިފައިވަނީ 2017 ގައި ސޭރާ އެ ޝޯއާ ވަކިވިފަހުންނެވެ.

މި ދެ ތަރިން 2016 ގައި ޑޭޓްކުރަން ފަށައި، ގުޅުން ހާމަކޮށްފައިވަނީ 2017ގެ ޓޯނީ އެވޯޑްސް ޝޯގަ އެވެ.

ސޭރާ އަކީ ގްރެމީ އެވޯޑާއި އެހެނިހެން އެވޯޑް ލިބިފައިވާ ތަރި އެކެވެ. ބޭންޑް ބްރޭލީސްގައި ލަވަކިޔުމުގެ އިތުރުން ސޯލޯ ލަވަ އަލްބަމާއި އެހެން އާޓިސްޓުންނާ އެކު ކާމިޔާބު ކޮލޭބަރޭޝަންސް ހަދާފައިވެ އެވެ.