ފިނިޕޭޖް

މަޝްހޫރު ޑްރަމާ ފްރެޑް މަރުވެއްޖެ

މަޝްހޫރު ބޭންޑް އާތް، ވިންޑް & ފަޔަގެ ކުރީގެ ޑްރަމާ ފްރެޑް ވްއިޓް 67 އަހަރުގައި މަރުވެއްޖެ އެވެ.

ފްރެޑްގެ ބޭބެ ވާޑިން އެޑަމްސް ވައިޓް އެ ހިތާމަވެރި ހަބަރު ސޯޝަލް މީޑިއާގައި ހިއްސާކުރަމުން ބުނީ އޭނާގެ އާއިލާއަށް ވަރަށް "އެމޭޒިން" އަދި ހުނަރުވެރި އާއިލީ މެންބަރެއް ގެއްލިޖެ ކަމަށެވެ.

އޭނާއަކީ ވަރަށް ލޯބިވާ، ލާނެއް، ސަކަ މިޒާޖެއްގެ ކޮށްކޮއެއް ކަމަށާއި ހިތާމަވެރި ހާލަތެއްވެސް އުފާވެރިކޮށްލާނެ ކަމަށް ވާޑިން ބުންޏެވެ.

ވާޑިންގެ ޕޯސްޓުގައި ފްރެޑްގެ މަރުގެ ސަބަބު ހާމަކޮށްފައެއް ނުވެ އެވެ.

ފްރެޑެރިކް ޔުޖީން އެޑަމްސް ފުރަތަމަ ޑްރަމް ޖަހަންފެށީ އުމުރުން ނުވަ އަހަރުގަ އެވެ. އުމުރުން 13 އަހަރުގައި ސްކޫލަށް ދިއުން ހުއްޓާލުމަށްފަހު ފްރެޑް އެކި ގިގްތައް ކުޅެން ފެށި އެވެ. އަދި 15 އަހަރު ވީ އިރު ސޯލް ސިންގަ ޑޮނީ ހޭތަވޭ އާއެކު ކުޅެން ފެށި އެވެ. ވާޑިން އާއި ފްރެޑްގެ އެއްބަޑު ބޭބެ މޮރިސްއާއެކު 1970 ގައި އާތް، ވިންޑް & ފަޔަ އުފެއްދި އެވެ.

މި ބޭންޑުގެ މިއުޒިކް ޖޮންރޮގެ ތެރޭގައި ޖޭޒް، އާރްއެންޑްބީ، ސޯލް، ފަންކް، ޑިސްކޯ، ޕޮޕް، ބިގް ބޭންޑް، ލެޓިން އަދި އެފްރޯ ޕޮޕް ހިމެނެ އެވެ.

މި ބޭންޑްގެ ލަވަތަކުގެ ސޭލްސް މުޅި ދުނިޔެއަށް ބަލާއިރު 90 މިލިއަން ރިކޯޑްސް އަށް ވުރެއް ގިނައިން ވިކިފައިވެ އެވެ.

މި ބޭންޑްގެ ފާހަގަކޮށްލެވޭ ލަވަތަކުގެ ތެރޭގައި "ސެޕްޓެމްބަރު"، "ލެޓްސް ގްރޫވް"، "ބޫގީ ވޮންޑަލޭންޑް"، "ޝައިނިން ސްޓާ" ހިމެނެ އެވެ.