މަރު

މަހަށް ދިޔަ މީހަކު ގެއްލިގެން ހޯދަނިކޮށް މަރުވެފައި އޮއްވާ ފެނިއްޖެ

ގއ. ދެއްވަދޫއިން މަހަށް ގޮސް އުޅެނިކޮށް ގެއްލިގެން ހޯދަމުން ދިޔަ މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

މަރުވެފައިވަނީ ދެއްވަދޫއަށް ނިސްބަތްވާ އުމުރުން 56 އަހަރުގެ މުހައްމަދު ރަޝީދެވެ.

އޭނާ ހޯދަން ފަށާފައިވަނީ ދެއްވަދޫއާއި މޭލެއްހާ ބޭރުގައި ބޮއި އަޅައިގެން އެންދަމަން ފޭބުމަށްފަހު ވީނުވީއެއް ނޭނގުމުން ކަމަށް މައުލޫމާތު ލިބެ އެވެ.

މުހައްމަދު ރަޝީދު ހޯދުމުގެ މަސައްކަތުގައި ދެއްވަދޫގެ ރައްޔިތުން ވަނީ ބައިވެރިވެފަ އެވެ. މީގެ އިތުރުން ކޯސްޓް ގާޑުންވެސް ވަނީ މުހައްމަދު ރަޝީދު ހޯދުމުގެ މަސައްކަތުގައި ބައިވެރިވެފަ އެވެ.

މުހައްމަދު ރަޝީދުގެ ހަށިގަނޑު ފެނިފައިވަނީ ކޯސްޓް ގާޑުގެ އުޅަނދަކަށް ފެނުނީ އޮޔާ ދަނިކޮށެވެ.

އޭނާ ދެއްވަދޫ ސިއްހީ މަރުކަޒަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް އެނގިފައިވެ އެވެ.

މުހައްމަދު ރަޝީދުގެ މަރާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.