މަރު

ފީނަން އުޅެނިކޮށް ހާލު ދެރަވި މީހަކު މަރުވެއްޖެ

މަހަށް ނުކުމެ އުޅުނު ދޯންޏަކުން އެންދަމަން ފީނަން އުޅެނިކޮށް ހާލު ދެރަވި މީހަކު މަރުވެއްޖެ އެވެ.

ފުލުހުން ބުނީ ގއ. ދެއްވަދޫ ކައިރިއަށް އެންދަމަށް ފޭބި މީހަކު ހާލު ދެރަ ވެގެން އެ ރަަށު ސިއްހީ މަރުކަޒަކަށް ފަރުވާއަށް ގެންދިޔައިރު މަރުވެފައިވާ ކަމަށެވެ. މަރުވެފައިވަނީ ހދ. ވައިކަރަދޫ ކަސްތޫރި އުމުރުން 59 އަހަރުގެ މުހައްމަދު ރަޝީދެވެ.

މި ހާދިސާގެ މައުލޫމާތު ލިބިފައިވަނީ މިއަދު 4:40 ގައި ކަަމަށް ފުލުހުން ބުންޏެވެ. އޭރު އެންދަމަށް ފޭބި މީހާގެ ހާލު ދެރަވެގެން ފަރުވާ ދިނުމަށް ދާންދޫއަށް ގެންދިއުމަށް ދޯނި ދިޔައީ ދަތުރުކުރަމުންނެވެ.

ފުލުހުން ބުނީ މި ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

އެންދަމަން މޫދަށް ފައިބައި އުޅުމުގެ ތެރޭގައި މީހުން މަރުވުން ވަނީ އިތުުރުވެފައެވެ. އަދި ހާލު ދެރަވެ ފަރުވާދޭން ޖެހޭ ހާދިސާތައްވެސް ދޭތެރެ ދޭތެރެއިން ހިނގައެވެ.