މަރު

އެންދަމަން ފޭބި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ

ގދ. ގައްދޫ ދޯންޏަކުން އެންދަމަން ފޭބި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

ފުލުހުން ބުނީ ގައްދޫ މަސް ދޯންޏަކުން އެންދަމަން އުޅުމުގެ ތެރޭގައި ފީނަން ފޭބި 21 އަހަރުގެ ޒުވާނަކު ކަނޑުއަޑީގައި ހަރަކާތް ހުއްޓިފައި ވަނިކޮށް އޭނާއާއެކު ފީނަން ފޭބި އެހެން މީހަކަށް ފެނިގެން ގައްދޫއަށް ގެންދިޔަ ކަމުގެ މައުލޫމާތު ލިބުނު ކަމަށެވެ.

އަދި އޭނާ ގައްދޫ ސިއްހީ މަރުކަޒަށް އޭނާ ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ޑޮކްޓަރުން ވިދާޅުވެފައިވާ ކަމަށެވެ.

ފުލުހުން ބުނީ މި މައްސަލާގައި ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.