އޭއެފްސީ ކަޕުގައި ވާދަކުރާ ރާއްޖޭގެ ދެ ޓީމު ކަމަށްވާ މާޒިޔާ އަށް އެ ޓީމުގެ ކުރީގެ ބަލްގޭރިޔާ ޑިފެންޑަރު، އަދި ނިއު ރޭޑިއަންޓުން ބިދޭސީ ތިން ކުޅުންތެރިން ގެންނަން ނިންމައިފި އެވެ.
އިއްޔެ މުބާރާތުގެ ޓީމު ލިސްޓު ފައިނަލްކުރި އިރު މޮޅު ކުޅުންތެރިން ގިނަ މާޒިޔާއިން ލިސްޓުގައި ޖެހި ހަމައެކަނި ބިދޭސި ކުޅުންތެރިއަކީ ޖިވްކޯ ޓޮޑޮރޯވް އެވެ.
2013 ވަނަ އަހަރު އެންމެ ފުރަތަމަ ވެލެންސިއާ އަށް އައުމަށްފަހު ފަހުން މާޒިޔާ އަށް ބަދަލުވި ޖިވްކޯ އަށް މިދިޔަ ސީޒަނުގައި ލިބުނު އަނިޔާ މިހާރު ވަނީ މުޅިން ރަނގަޅުވެފަ އެވެ. ސީޒަނުގެ ވަރަށް ކުރީކޮޅު އޭނާގެ ފައި ބިންދައިގެންދިއުމުން މާޒިޔާއިން ފަހުން ގެނައީ ބިދޭސީ އެހެން ޑިފެންޑަރެކެވެ.
އަލުން ޖިވްކޯ ޓީމާ ގުޅޭއިރު މިދިޔަ ސީޒަނާ ހިލާފަށް މާޒިޔާއިން ބިދޭސީ އިތުރު ކުޅުންތެރިންއަކު ނުގެންނަން ނިންމިއިރު ޓީމުގައި ދިވެހި މޮޅު ކުޅުންތެރިން ވަރަށް ގިނަ އެވެ.
މިއާ ހިލާފަށް މިދިޔަ ހަތަރު އަހަރާ ހިލާފަށް ނިއުރޭޑިއަންޓްގައި އޮތީ މެދުފަންތީގެ ޓީމެކެވެ. މިހެންވެ އެ ޓީމުން ގެންނަން ނިންމާފައިވަނީ ނައިޖީރިއާ އާއި ބަލްގޭރިޔާގެ ދެ ޑިފެންޑަރުންނާއި ނައިޖީރިއާ ކީޕަރެކެވެ.
އޭއެފްސީ ކަޕަށް ނިއުގެ ފަރިތަކުރުންތައް ހުސްވި ހަފުތާގައި ފަށާފައިވާއިރު މާޒިޔަ ޕްރެކްޓިސް ފަށާނީ މިއަދު އެވެ. ނިއުގެ ކޯޗު ބަލްގޭރިޔާގެ ޔޮރްދާން ސްޓޮއިކޯފް އިވަނޯފް ވެސް އަދި މާލެ ނާދެ އެވެ.