ފިނިޕޭޖް

އާ އަހަރާއެކު ގިނަ ފަންނާނުންގެ މަރުގެ ހަބަރު

މިއަހަރު ފެށުމާއެކު މިއުޒިކީ، ފިލްމީ އަދި ކުޅިވަރުގެ ދާއިރާގެ ގިނަ ފަންނާނުންގެ މަރުގެ ހަބަރު ލިބެން ފަށައިފި އެވެ. މީގެ ތެރޭގައި ގިނަ ދުވަސްތަކެއް ވަންދެން މި ދާއިރާތަކަށް ހިދުމަތްކޮށްފައިވާ ފަންނާނުން ހިމެނެ އެވެ.

މިގޮތުން މަރުވި ފަންނާނުންގެ ތެރޭގައި ތިރީގައިވާ ފަންނާނުން ހިމެނެ އެވެ.

1
 

އެލަން ރެންކިން، 64

ރިކޯޑް ޕްރޮޑިއުސަރު އެލަން ރެންކިން އަކީ ސްކޮޓިޝް ޕޮޕް ބޭންޑް "ދި އެސޯސިއޭޓްސް"ގެ ކޯ-ފައުންޑާ އެވެ.

އެލަންގެ މަރުގެ ހަބަރު ސޯޝަލް މީޑިއާގައި ޕޯސްޓްކޮށްފައިވަނީ އެލަންގެ ދެ ދަރިން ކެލަމް އާއި ހޭމިޝް އެވެ.

މި ދެބެންގެ މެސެޖުގައި ވަނީ އެލަން މަރުވެފައިވަނީ އަމާންކަންމާއެކު ގޭގައި، އާއިލާއާއެކު ކްރިސްމަސް ހޭދަކުރިތާ ދުވަސްކޮޅެއް ފަހުން ކަމަށެވެ.

އެލަން އަކީ "ދި އެސޯސިއޭޓްސް" ބޭންޑްގައި ކީބޯޑިސްޓް އަދި ގިޓަރިސްޓެއްގެ ގޮތުން ޕާފޯމްކުރި ފަންނާނެކެވެ. މި ބޭންޑްގެ ފާހަގަކޮށްލެވޭ ލަވަތަކުގެ ތެރޭގައި "ދަ ސޭންޑްމޭން"، "ލާސްޓް ބުލެޓް"، "ޑޭޒް އެންޑް ޑޭޒް" ހިމެނެ އެވެ.

2
 

އަނީޓާ ޕޮއިންޓާ، 74

އަނީޓާ ޕޮއިންޓާއަކީ އައިކޯނިކް "ޕޮއިންޓާ ސިސްޓާސް"ގެ ފައުންޑިން މެމްބަރެކެވެ.

އަނީޓާގެ ޕަބްލިސިސްޓް ބުނި ގޮތުގައި އަނީޓާ މަރުވެފައިވަނީ އާއިލާ ގާތުގައި ވަނިކޮށް، އޭނާގެ ގޭގަ އެވެ.

އަނީޓާ މަރުވެފައިވަނީ ދިގު މުއްދަތަކަށް ކެންސަރު ބައްޔާ ހަނގުރާމަ ކުރުމަށްފަހު އެވެ.

އަނީޓާ މަރުވިއިރު، އެ އާއިލާގެ ދުނިޔޭގައި ތިބި އެންމެ ގާތް މެންބަރުންނަކީ އަނީޓާގެ ދައްތަ ރޫތު، ދެ ބޭބެ އާރަން އާއި ފްރިޓްޒް އަދި މާމަ ދަރިފުޅު ރޮކްސީ މެކްކޭން ޕޮއިންޓާ އެވެ.

1969 ގައި އަނީޓާ ވަނީ އޭނާގެ ދެ ކޮށްކޮއާ އެކު "ދޮންޓާ ސިސްޓާސް" ބޭންޑް އުފައްދާފަ އެވެ. ރޫތު ވަނީ ފަހުން މި ބޭންޑާ ގުޅިފަ އެވެ.

3
 

ޑޮން ވިލިއަމްސް، 100

ޑޮން ވިލިއަމްސް އަކީ އޭނާގެ ތިން ބްރަދާސް އެންޑީ ވިލިއަމްސް، ޑިކް ވިލިއަމްސް އާއި ބޮބް ވިލިއަމްސްއާ އެއްކޮށް ރޭޑިއޯ އަދި ބިންގް ކްރޮސްބީ އާއި ކޭ ތޮމްޕްސަންއާ އެކު ފިލްމްތަކުގައި ޕާފޯމްކުރި ތަރިއެކެވެ.

ޑޮންގެ އަންހެނުން ޖީން ބުނީ އޭނާ މަރުވެފައިވަނީ ގުދުރަތީ ގޮތުން، އެމީހުންގެ ގޭގައި ކަމަށެވެ. ޑޮންގެ ތިން ބްރަދާސް ވެސް ވަނީ މަރުވެފަ އެވެ.

މި ހަތަރު ބޭން ހެނދުނު ރޭޑިއޯ ސްޓޭޝަންތަކުގައި އެމީހުންގެ ލައިވް ޝޯއެއް ޕާފޯމްކުރުމަށްފަހު ސްކޫލަށް ދިޔަ އެވެ. މި ހަތަރު ބޭން "ޒިގްފީލްޑް"، "ދަ ހާވީ ގާލްސް"، "ކޭންސަސް ސިޓީ ކިޓީ"، "ލޭޑީޒް މޭން" ފަދަ ފިލްމްތަކުގައި މަސައްކަތްކޮށްފައިވެ އެވެ.

ޑޮން ވަނީ ފަހުން އޭޖެންޓަކާއި މެނޭޖަރެއްގެ ގޮތުގައި ވެސް މަސައްކަތްކޮށްފަ އެވެ.

މީގެ އިތުރުން ބޭންޑް "އާތް، ވިންޑް& ފަޔަ"ގެ ކުރީގެ ޑްރަމާ ފްރެޑް ވްއިޓް 67 އަހަރުގައި މަރުވެފައިވާއިރު، މޮޑެސްޓް މައުސްގެ ޑްރަމާ އަދި ފައުންޑިން މެމްބަރު، 45 އަހަރުގެ ޖެރެމާޔާ ގްރީން އަދި ރެޕާ، ގޭންގްސްޓާ ބޫ 43 އަހަރުގައި ވަނީ މަރުވެފަ އެވެ.