އުރީދޫ

އުރީދޫގެ ކަސްޓަމަރުންނަށް މުޅި އަހަރަށް ޑޭޓާ ލިބޭ ޕްލޭނެއް

Jan 5, 2023

އާ އަހަރު ފާހަގަކުރުމުގެ ގޮތުން ޕްރީޕެއިޑް ކަސްޓަމަރުންނަށް މުޅި އަހަރަށް ޑޭޓާ ލިބޭ "އަހަރީ" ޕްލޭނެއް ތައާރަފްކޮށްފި އެވެ.

މި ޕްލޭނަކީ 3000 ރުފިޔާ އަށް އެއް ޖީބީ ޑެއިލީ ޑޭޓާ، ޖުމްލަ 365 ޖީބީ ޑޭޓާ ލިބޭ ޕްލޭނެކެވެ.

އުރީދޫން ބުނި ގޮތުގައި "އަހަރީ ޕްލޭން" ޑިޒައިންކޮށްފައި ވަނީ ގިނަގިނައިން ރީޗާޖް ކުރަން ބޭނުން ނުވާ ކަސްޓަމަރުންނަށާއި އަދި ދިގު މުއްދަތަށް ޑޭޓާ ނަގަން ބޭނުންވާ ޕްރީޕެއިޑް ކަސްޓަމަރުންނަށެވެ.

އުރީދޫ ޕްރީޕެއިޑް ކަސްޓަމަރުންނަށް މިހާރު އަހަރީ ޕްލޭން އެކްޓިވޭޓު ކުރެވޭނެ އެވެ.

އުރީދޫގެ އެޕުންނާއި UD365 ޖެހުމަށް ފަހު 5555 އަށް އެސްއެމްއެސް ކޮށްގެންވެސް އެ ޕްލޭން ނެގޭނެ އެވެ. އަދި 1#*929* އަށް ޑައިލް ކޮށްގެންވެސް ޕްލޭން ނެގޭނެ އެވެ.

އުރީދޫއިން ބުނި ގޮތުގައި އަލަށް ގުޅޭ ކަސްޓަމަރުންނަށް އުރީދޫ ފިހާރައިން ނުވަތަ ޕާޓްނާ ޝޮޕަކުން ސްޓޭންޑަޑް ޕްރީޕެއިޑް ޕްލޭނެއް އެކްޓިވޭޓްކުރުމަށްފަހު، އަހާރީ ޕްލޭން އެކްޓިވޭޓް ކުރެވޭނެ އެވެ.