އަމީނީ މަގު

އަމީނީ މަގުގެ ތިންވަނަ ސެގްމެންޓުގެ މަސައްކަތް ފަށައިފި

އަމީނީ މަގު ތަރައްގީކުރުމުގެ މަސައްކަތުގެ ތެރެއިން -- ފޮޓޯ: އަވަސް
0%
0%
0%

މާލޭގެ އެންމެ ބާރުބޮޑު އެއް މަގު ކަމަށްވާ އަމީނީ މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން އެ މަގުގެ ތިންވަނަ ސެގްމަންޓް ބަންދުކޮށް މަސައްކަތް ފަށައިފި އެވެ.

ތިންވަނަ ސެގްމެންޓުގެ މަސައްކަތް ކުރުމަށް ސްޓެލްކޯގެ މައި އޮފިސް އިމާރާތާއި ހަމައަށް މަގު ބަންދުކޮށްފައި ވާއިރު، އަމީނީ މަގުގެ ފުރަތަމަ ސެގްމެންޓް ވަނީ ތާރު ނާޅައި އާންމުންނަށް ހުޅުވާލާފަ އެވެ. އަދި ތާރު އެޅުން ފިޔަވައި ދެވަނަ ސެގްމެންޓްގެ 95 އިންސައްތަ މަސައްކަތް ވަނީ ނިންމާލާފަ އެވެ.

އަމީނީ މަގުގައި ތާރު އެޅުމަށް މަގު ހެދުމުގެ މަސައްކަތް ފެށުމަށްޓަކައި މަގުގެ ފުރަތަމަ ސެގްމެންޓާއި ގުޅިފައިވާ މަގުތައް ފުރަތަމަ ބަންދުކުރީމިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.

ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން މީގެ ކުރިން އަވަސް އަށް ވިދާޅުވީ ހޮޅި ވަޅުލުން ފަދަ މަސައްކަތްތައް ނިމުމުން މަގުގެ ބައިތައް އާންމުންނަށް ހުޅުވާލަމުން ގެންދާނެ ކަމަށާއި އަމީނީ މަގުގައި ތާރު އަޅާނީ މަގުގެ އިރުމަތިކޮޅުން ފެށިގެން ގޮސް ބިލަބޮންގް ހައި ސްކޫލާ ހަމައަށް ބަންދުކުރުމަށްފަހު ތާރު އެޅުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއްކޮށް ނިމުމުން ކަމަށެވެ.

ތާރުއަޅައިގެން އަމީނީ މަގު ހެދުމުގެ އަމަލީ މަސައްކަތް އިފްތިތާހް ކުރީ ނިމިދިޔަ އަހަރުގެ އޮގަސްޓު މަހުގެ 30 ވަނަ ދުވަހު އެވެ.

މިމަސައްކަތް ކުރިއަށް ގެންދިއުމަށް މިދިޔަ ޖުލައި ތިންވަނަ ދުވަހު ސަރުކާރުން އާރްޑީސީއާ ހަވާލުކޮށްފައިވަނީ 84 މިލިއަން ރުފިޔާ އަށެވެ. މަސައްކަތް ނިންމަން ދީފައިވަނީ ހަތް މަސް ދުވަހެވެ.

އަމީނީ މަގު ހަދާ ނިމޭއިރު 1.7 ކިލޯމީޓަރުގައި ތާރުއަޅާނެ އެވެ. އަދި ޒަމާނީ ފެން ހިންދާ ނިޒާމެއް ގާއިމުކޮށް މަގުބައްތިތައް ވެސް އަލުން ހަރުކުރުމަށް ހަމަޖެހިފައިވެ އެވެ. އަދި ބަސް ހުއްޓިތަކާއި ސައިން ބޯޑުތަކާއި ބަންޕަރުތައް ހެދުމަށްވެސް ހަމަޖެހިފައިވެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345