މޯލްޑިވްސް ޕޮލިސް ސާވިސް

ދާންދޫ ކައިރިން ޑިންގީއެއް އަޑިއަށް ހިނގައްޖެ

ގއ. ދާންދޫ ކައިރިން ޑިންގީއެއް އަޑިއަށް ހިނގައްޖެ އެވެ.

ފުލުހުން މައުލޫމާތުދޭ ގޮތުގައި ޑިންގީ އަޑިއަށް ދިއުމާ ގުޅިގެން ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މިއަދު މެންދުރުފަަހު 3:45 ހާއިރު އެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މި ހާދިސާ ހިނގިއިރު ޑިންގީގައި ތިބީ ދެ މީހުންނެވެ.

އަޑިއަށް ގޮސްފައިވާ ޑިންގީ ނެގުމުގެ މަސައްކަތް ފުލުހުން އަދި އާންމު ރައްޔިތުން ދަނީ ކުރިއަށް ގެންދަމުންނެވެ.