ރައީސް މުހައްމަދު ނަޝީދު

ކެމްޕޭނަށް ރައީސް ނަޝީދު ފ. އަތޮޅަށް ވަޑައިގެންފި

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކެމްޕޭންގައި ފ. އަތޮޅަށް މިއަދު ވަޑައިގެންފި އެވެ.

ކެމްޕޭންގައި ރައީސް ނަޝީދު މިއަދު ވަނީ ފ. ފީއަލީއަށް ވަޑައިގެން އެރަށުގެ ގޭގެއަށް ޒިޔާރަތް ކުރައްވާ ސަޕޯޓަރުންނާ ބައްދަލު ކުރައްވާފަ އެވެ.

ރައީސް ނަޝިދު ފީއަލީއަށް ވަޑައިގެންނެވީ ހަތަރު އަތޮޅަކަށް އިއްޔެ ފެއްޓެވި ކެމްޕޭން ދަތުރުފުޅުގެ ތެރެއިންނެވެ. އއ. އަތޮޅާއި އދ. އަތޮޅުގެ އިތުރު ފ. އަތޮޅާއި ދ. އަތޮޅުގެ ކެމްޕޭން ދަތުރުފުޅަށްފަހު ރައީސް ނަޝީދު އެނބުރި ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިއަދު އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28 ވަނަ ދުވަހު އެވެ.

ކެމްޕޭންގައި ރައީސް ނަޝީދު ދަތުރު ކުރެއްވުމަށް ހަމަޖެހިފައިވާ އަތޮޅުތައް

  • ނ ،ރ، އަދި ބ. އަތޮޅު - ޖެނުއަރީ ނުވައަކުން 11 އަށް
  • ލ، ތ، މ، އަދި ވ. އަތޮޅު - ޖެނުއަރީ 13 - 15 އަށް
  • ޅ. އަތޮޅާއި މާލެ އަތޮޅު - ޖެނުއަރީ 17 ގަ
  • ގއ އަދި ގދ. އަތޮޅު - ޖެނުއަރީ ޖެނުއަރީ 19 - 21 އަށް
  • އައްޑޫ ސިޓީ - ޖެނުއަރީ 23 - 24 އަށް

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ އިތުރުން މި ޕްރައިމަރީގައި ވާދަކުރައްވަނީ ރައީސް މުހައްމަދު ނަޝީދެވެ. ޕާޓީގެ ރިޔާސީ ޕްރައިމަރީގެ ފޯރި ގަދަވެފައިވާއިރު ރައީސް ސޯލިހާއި ރައީސް ނަޝީދު ގެންދަވަނީ ކެމްޕޭން ހަރަކާތްތައް ހިންގަވަމުންނެވެ.

އެމްޑީޕީން އާންމުކުރި ދާއިމީ ލިސްޓުގައިވާ ގޮތުން 57،255 މީހުންނަށް އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވޯޓު ލެވޭނެ އެވެ.