ސްކޫލް

ޗުއްޓީއަށް ފަހު ދެވަނަ ޓާމްގެ ކިޔެވުން ފަށައިފި

ސްކޫލްތަކުގެ ފުރަތަމަ ޓާމުގެ ޗުއްޓީ ނިމި، ދެވަނަ ޓާމުގެ ކިޔެވުން މިއަދު ފަށައިފި އެވެ.

ރާއްޖޭގައި މިހާރު ދިރާސާ އާ އަހަރު ފަށަނީ އޮގަސްޓު މަހުގެ ތެރޭގައި އެވެ. މިގޮތުން 2022-2023 ގެ ދިރާސާ އަހަރުގެ ފުރަތަމަ ޓާމްގެ ކިޔެވުން ފެށީ އޮގަސްޓް ހަތް ވަނަ ދުވަހު އެވެ.

ދިރާސީ އަހަރުގެ ދެވަނަ ޓާމް ނިމޭނީ ޖޫން 22، 2023 ވަނަ ދުވަހު އެވެ. އަދި 2023-2024 ވަނަ އަހަރުގެ ކިޔެވުން ފެށޭނީ އޮގަސްޓު މަހުގެ ހަ ވަނަ ދުވަހު އެވެ.

ކުރިން ދިރާސީ އަހަރު ފަށަނީ ޖެނުއަރީ މަހު އެވެ. ނަމަވެސް ސްކޫލުތަކުގެ އެކަޑެމިކް ކަލަންޑަރަށް ބަދަލުތަކެއް ގެނައީ ކޮވިޑް-19ގެ ސަބަބުންނެވެ.

ދިރާސީ އަހަރުގެ ކިޔެވުން މިދިޔަ އަހަރުގެ އޮގަސްޓް މަހު ފެށީ 271 ސްކޫލެއްގައި 92،300 އެއްހާ ދަރިވަރުންނާއެކު އެވެ. އޭގެ ތެރޭގައި ސަރުކާރުގެ 217 ސްކޫލު ހިމެނޭއިރު ސަރުކާރު ސްކޫލުތަކުގައި 76،000 އަށްވުރެ ގިނަ ދަރިވަރުން ކިޔަވަމުންދެއެވެ.