ނީލަން ފިހާރަ ސަރަހައްދުގައި ރޯވުން

އަލިފާނުގެ ހާދިސާއާ ގުޅޭ ބޮޑު ތަހުގީގެއް ފަށަނީ

މާލެ އާއި އަތޮޅުތަކުގައި މިފަހުން ހިނގި އަލިފާނުގެ ހާދިސާތަކުގެ ބޮޑު ތަހުގީގެއް ފަށާފައިވާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.

ސީޕީ ހަމީދު މިހެން ވިދާޅުވީ މިއަދު ހެނދުނު ނީލަން ފިހާރައިގައި އަލިފާން ރޯވެފައި ވަނިކޮށެވެ.

އަލިފާނުގެ ހާދިސާތައް ތަހުގީގު ކުރުމުގައި އާންމުންގެ އެހީތެރިކަން ބޭނުންވާ ކަމަށްވެސް ސީޕީ ހަމީދު ވިދާޅުވި އެވެ.

ނީލަން ފިހާރައިގައި ހިނގި އަލިފާނުގެ ހާދިސާގެ މައުލޫމާތު ފަޔާ އެންޑް ރެސްކިޔުއަށް ލިބުނީ މިއަދު ހެނދުނު 5:43 ހާއިރު އެވެ.

https://twitter.com/M_Hameedh/status/1612275796793753600

މި ފަހުން މާލެ އާއި ބައެއް ރަށްރަށުގައި އަލިފާނުގެ ހާދިސާތަކެއް ހިނގާފައިވެ އެވެ. އެގޮތުން މިދިޔަ ނޮވެމްބަރު މަހު ނިރުފެހިގޭގައި ހިނގި އަލިފާނުގެ ހާދިސާ އާއި ތިލަމާލެ ބްރިޖް އެޅުމުގެ މަސައްކަތް ކުރާ އިންޑިއާގެ އެފްކޮންސް ކުންފުނީގެ މުވައްޒަފުން ގުޅީފަޅުގައި ތިބޭ ތަނުގައި ހިނގި އަލިފާނުގެ ހާދިސާ ފާހަގަކޮށްލެވެ އެވެ.

ފިޔޯރީ ސްކޫލުގެ ބާ އިމާރާތުގައި އިއްޔެ އަލިފާން ރޯވެފައިވާއިރު އަލިފުށީ ކުނިގޮނޑުގައި ހުރި ފައިބަރުތަކެއްގައި މިދިޔަ ހޮނިހިރު ދުވަހު އަލިފާން ރޯވި އެވެ.