ރައްޔިތުންގެ މަޖިލިސް

މެންބަރުން ވީއައިޕީ ލައުންޖް ބޭނުން ކުރެއްވުމަށް ދައުލަތުން ތިން ލައްކަ ރުފިޔާ ހަރަދުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ވީއައިޕީ "މާމަހި ލައުންޖް" ބޭނުން ކުރެއްވުމަށް ހަތަރު މަސް ދުވަހުގެ ތެރޭގައި ދައުލަތުން ތިން ލައްކައަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން އެވޯޑްކުރި ޕްރޮކިއުމަންޓްތަކުގެ މައުލޫމާތު އާންމުކޮށްފައިވާއިރު މިދިޔަ އޮގަސްޓް އިން ނޮވެމްބަރުގެ ނިޔަލަށް މެންބަރުން ވީއައިއޭގެ ވީއައިޕީ ލައުންޖް ބޭނުން ކުރެއްވުމަށް ދައުލަތުން ވަނީ 394،639.90 ރުފިޔާ ހަރަދުކޮށްފަ އެވެ.

މީގެ އިތުރުން ތަކެތި ގަތުމަށާއި ހިދުމަތްތައް ހޯދުމަށް ކުރި ހަރަދުތައް ވަނީ އާންމުކޮށްފަ އެވެ.

މެންބަރުން ވީއައިޕީ މާމަހި ލައުންޖް ބޭނުން ކުރެއްވުމަށް ދައުލަތުން ކުރި ހަރަދު

  • އޮގަސްޓް - 66،775.54 ރުފިޔާ
  • ސެޕްޓެމްބަރު - 104،173.36 ރުފިޔާ
  • އޮކްޓޫބަރު - 99،932.55 ރުފިޔާ
  • ނޮވެމްބަރު - 123،758.45 ރުފިޔާ

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވީއައިއޭގެ ވީއައިޕީ ލައުންޖް ބޭނުން ކުރެއްވުމަށް 2018 އިން 2020 ވަނަ އަހަރަށް 3.6 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ހަރަދުކުރި އެވެ. އެގޮތުން 2018 ވަނަ އަހަރު މެންބަރުންނަށް 121،080 ޑޮލަރު ނުވަތަ 1.9 މިލިއަން ރުފިޔާ، 2019 ވަނަ އަހަރު 89،000 ޑޮލަރު ނުވަތަ 1.4 މިލިއަން ރުފިޔާ އަދި 2020 ވަނަ އަހަރު 28،740 ޑޮލަރު ނުވަތަ 444،033 ރުފިޔާ ހަރަދުކޮށްފައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން 2018 - 2020 އަށް ވީއައިއޭގެ ވީއައިޕީ ލައުންޖު ބޭނުންކުރެއްވުމަށް 3.6 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ހަރަދުކުރި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވީއައިއޭގެ ވީއައިޕީ ލައުންޖް ބޭނުން ކުރެއްވުމަށް ދައުލަތުން ކުރާ ހަރަދު ބޮޑުވުމުން އާންމުން ދަނީ ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.