ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

"އަޅުގަނޑު ސްލޯ ނަމަ ފެބްރުއަރީ ހަތެއްގައި އަނިޔާވީސް"

ކެމްޕޭނު ޓީމުތަކާއެކު ދަރުބާރުގޭގައި ރޭ ބޭއްވި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަފުޅު ދައްކަވަނީ. -- ފޮޓޯ: އަހުމަދު އަޒާން | އަވަސް
100%
0%
0%

ހަލުވި ނޫން ނަމަ ނުވަތަ ސްލޯ ނަމަ ފެބްރުއަރީ ހަތެއްގައި އެމަނިކުފާނަށް އަނިޔާއެއް ލިބުނީސް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެމަނިކުފާނުގެ ކެމްޕޭނު ޓީމުތަކާއެކު ދަރުބާރުގޭގައި ރޭ ބޭއްވި ބައްދަލުވުމެއްގައި ރައީސް ސޯލިހު ވިދާޅުވީ ފެބްރުއަރީ ހަތެއް އެއީ ރައީސް މުހައްމަދު ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވި ދުވަސް ކަމަށާއި އެމަނިކުފާނު އެކަން ކުރެއްވީ ހަމަނުޖެހުމެއް ހިނގާފާނެތީ ކަމަށް ވިޔަސް އޭރު ހަމަނުޖެހުންތައް އޮތީ ފެށިފައި ކަމަށެވެ.

އެ ދުވަހުގެ ހަނދާންތައް އާ ކުރައްވަމުން ރައީސް ސޯލިހު ވިދާޅުވީ އެދުވަހުގެ އެ ހަމަ ނުޖެހުންތަކުގެ ތެރެއިން އެމަނިކުފާނުވެސް ޖުމްހޫރީ މައިދާނަށް ވަޑައިގެންނެވި ކަމަށެވެ. އެ ހަމަނުޖެހުންތަކުގެ ތެރެއިން އިދިކޮޅުގެ އަތްދަށު ނުވެ ސަލާމަތްވީ އެމަނިކުފާނު ހަލުއި ކަމުން ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ސޯލިހާއި ވާދަ ކުރައްވާ ކެންޑިޑޭޓް މުހައްމަދު ނަޝީދުގެ ފަރާތުން އަންނަނީ ރައީސް ސޯލިހަކީ ސްލޯ ބޭފުޅެއްކަމަށް ބުނެ ފާޑު ވިދާޅުވަމުންނެވެ. އެ ބަސްތަކަށް ރައްދު ދެއްވަމުން ރައީސް ސޯލިހު ވިދާޅުވީ އެމަނިކުފާނަކީ ސްލޯ ބޭފުޅެއްނަމަ ފެބްރުއަރީ ހަތްވަނަ ދުވަހު އެމަނިކުފާނަށް އަނިޔާއެއް ލިބިވަޑައިގަތީސް ކަމަށެވެ.

"އަޅުގަނޑަށް އެތަނުން ސަލާމަތް ވެވުނީ ފަހަރުގައި އަޅުގަނޑު އޭރު ތަންކޮޅެއް ހަލުއި ވީމަ ކަމަށް ވެދާނެ. ސްލޯ ވި ނަމަކަ އެ ދުވަހަކު އެކަމެއް ނުވީސް،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ސޯލިހުގެ އިތުރުން ޑިފެންސް މިނިސްޓަރު އަދި ރައީސް ސޯލިހުގެ ކެމްޕޭން ތަރުޖަމާނު މާރިޔާ އަހުމަދު ދީދީވެސް ވަނީ ފެބްރުއަރީ ހަތެއްގެ ބިރުވެރިކަން ހިއްސާ ކުރައްވާފަ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭން ހަރަކާތްތައް ދެ ބޭފުޅުންވެސް އަންނަނީ ވަރަށް ފޯރީގައި ކުރިއަށް ގެންދަވަމުންނެވެ. އެ ގޮތުން ރައީސް ސޯލިހު އިއްޔެ ވަނީ މާލޭގައި އެމަނިކުފާނުގެ ފުރަތަމަ ދޮރުން ދޮރަށް ޖައްސާފަ އެވެ. މީގެ އިތުރުން މާދަމާ ރޭ ރާޅުގަނޑު ސަރަހައްދުގައި ރައީސް ނަޝީދުގެ ޖަލްސާއެއްވެސް ބޭއްވުމަށް ވަނީ ހަމަ ޖެހިފަ އެވެ.

4 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ޑރ. ރާމީ ޙަސަން މަނިކު މ.ވައިނުޖެހޭގެ

އިބޫ ސަލާމަތްވީ ފިލައިގެން އުޅުނީމައެވެ. އިބޫ އަށް އަނިޔާ ނުވީ ހިޔަޅު ގެ ބުއްދީން އުޅެން އުޅޭ މީހަކަށް ވާތީއެވެ. އަބަދަކު އިބޫ އަށް ހިޔަޅުގެ ބުއްދީން އުޅުނަކަ އަހަރުމެން ނުދޭނަމެވެ. ފިލައިގެން އަބަދަކު އުޅުނަކަ އަހަރުމެން ނުދޭނަމެވެ. ޤާސިމް ވިދާޅުވާ-ހެން، "އެއް ހަރަކުން ދެފަހަރަށް ކަށި ޖެހިއަކަ ނުދޭނަމެވެ".

ސުލޯލިހު

ސުލޯ ވިޔަސް ވެރިކަމަށް އަންނާނެ އަދިވެސް. ސުލޯ އެންޑް އުޓެޑީ ވިންސް ދަ ރޭސް

ސުލޯމޯޝަން

ސްލޯ ސަރުކާރު، އައިޑީކާޑެއް ހަދަން 30 ދުވަސް، ރަޖިސްޓްރީ އެއް ހައްދަން 30 ދުވަސް، މަގެއް ހަދާނަމަ 04 އަހަރު، ދެން ކީކޭ އަހަރެމެން ކިޔަންވީ

ސުލޯލިހު

އެއްޗެއް ނުކިއްޔާ ގައިން ތަނެއް އުނި ވަނީ؟

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345