ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް ސޯލިހްގެ ބައްދަލުވުމެއް މިރޭ ހުޅުމާލޭގައި

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކެމްޕޭންގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ އެކު މަސައްކަތް ކުރައްވާ ހުޅުމާލެ ދާއިރާގެ މެންބަރުންނާއި ކެމްޕޭން ޓީމުތަކާ ބައްދަލުކުރައްވާ ގޮތަށް ހަމަޖެހިއްޖެ އެެވެ.

ކެމްޕޭން ޓީމްތަކާ ރައީސް ބައްދަލުކުރައްވާނީ މިރޭ 8:30ގައި ހުޅުމާލޭގައި ހުންނަ ބްރައިޓްވޭ އިންޓަނޭޝަނަލް ސްކޫލުގަ އެވެ.

ރައީސް ސޯލިހް ރޭ ވަނީ މާލޭގައި ހަރަކާތްތެރިވާ ކެމްޕޭން ޓީމުތަކާ ދަރުބާރުގޭގައި ބައްދަލުކުރައްވާފަ އެވެ.

މާލޭގައި ފުރަތަމަ ފަހަރަށް ދޮރުން ދޮރަށް ހިންގެވުމުގެ ހަރަކާތެއްވެސް ރައީސް ސޯލިހް އިއްޔެ ވަނީ ފައްޓަވާފަ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޮޑު އަގުލަބިއްޔަތަކުން ކާމިޔާބު ކުރައްވާނެ ކަމަށް ރައީސް ސޯލިހް ގެންދަވަނީ ވިދާޅުވަމުންނެވެ.