އެމްޓީސީސީ

އެމްޓީސީސީގެ އިމަޖެންސީ ޑްރިލެއް ތިލަފުށީގައި

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ތިލަފުށީގައި ފުލް ސްކޭލް އިމަޖެންސީ ހަރަކާތެއް ފަށައިފި އެވެ.

އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިއަދު މެންދުރު 12:00 އިން ފެށިގެން އިރުއޮއްސި 6:00 އާއި ހަމައަށް މި އިމަޖެންސީ ހަރަކާތް ކުރިއަށްދާނެ ކަމަށެވެ. އަދި މި ޑްރިލްގައި އެމްޓީސީސީގެ ބޯޓް ޔާޑް އެއްކޮށް ހުސްކުރެވޭނެ ކަމަށް އެމްޓީސީސީ އިން ބުނެ އެވެ. މިގޮތުން ބޯޓް ޔާޑްގައި ތިބި ހުރިހާ މުވައްޒަފުން އެތަނުން ނެރެ ރައްކާތެރި ތަންތަނަށް ގެންދާނެ އެވެ.



މި ޑްރިލް ކުރިއަށްދާ ވަގުތުގައި ތިލަފުށީ އިންޑަސްޓްރިއަލް ސަރަހައްދުގައި ތިބޭ މީހުން ދުމުގެ އަސަރުން ރައްކާތެރިވެ ތިބުމަށް ސަމާލުވުމަށްވެސް އެމްޓީސީސީ އިން ވަނީ ނަސޭހަތްތެރި ވެފަ އެވެ.

މި ހަރަކާތުގެ ސަބަބުން އާންމުންނަށް ކުރިމަތިވެދާނެ ދަތިތަކަށް އެމްޓީސީސީއިން ވަނީ މައާފަށް ވެސް އެދިފަ އެވެ.