ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އެމްޓީސީސީ ބޯޓްޔާޑު އަލުން ހުޅުވަނީ

ކޮވިޑް-19 އިގެ ސަބަބުން ހުއްޓާލާފައިވާ އެމްޓީސީސީގެ ބޯޓުޔާޑުގެ ހިދުމަތް މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން ހުޅުވާލާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އެމްޓީސީސީން ބުނީ ތިލަފުށީގައި ހުންނަ އެ ކުންފުނީގެ ބޯޓުޔާޑުގެ ހިދުމަތްތައް ހުއްޓާލީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން މާލެ ސަރަހައްދު ފުރަބަންދަށް ދިއުމުގެ ސަބަބުން ކަމަށެވެ. ނަމަވެސް އަލުން އެ ހިދުމަތް މިމަހުގެ 20 ވަނަ ދުވަހު ހުޅުވާލާނެ ކަމަށެވެ.
އެކަމަށް ވާންޖެހޭ ތައްޔާރީތައް ނިންމައި ރައްކާތެރިކަމުގެ ފިޔަވަޅުތަށް ވެސް އަޅާފައިވާ ކަމަށެވެ.

އެމްޓީސީސީގެ ބޯޓްޔާޑަކީ ރާއްޖޭގައި ޑޮކިން ހިދުމަތް ފޯރުކޮށްދޭ އެންމެ ބޮޑު އެއް ބޯޓްޔާޑެވެ. އެ ބޯޓްޔާޑުގައި އެއްފަހަރާ ތަފާތު ސައިޒްގެ 20 އުޅަނދު ޑޮކްކުރުމުގެ ޖާގަ އޮވެ އެވެ. ދެހާސް ސަތާރަ ވަނަ އަހަރު ހިދުމަތަށް ނެރުނު 200 ޓަނުގެ ބޯޓް ހޮއިސްޓާއެކު، އެމްޓިސީސީ ބޯޓްޔާޑް ވެފައިވަނީ ޑޮކް ކުރުމުގެ ކެޕޭސިޓީއާއި ޖާގައިގެ ގޮތުން ރާއްޖޭގެ އެންމެ ބޮޑު އެއް ބޯޓްޔާޑަށެވެ.