ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ތިލަފުށިން 24، ގުޅިފަޅުން 19 މީހަކު ޕޮޒިޓިވް

އިންޑަސްޓްރިއަލް މަސައްކަތް ހިނގާ ކ. ތިލަފުށިން 24 މީހަކު އަދި ގުޅީފަޅުން 19 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

މިދިޔަ ސައުވީސްގަޑިއިރު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ 402 މީހެކެވެ. އޭގެ ތެރެއިން 43 މީހަކު ޕޮޒިޓިވްވީ އިންޑަސްޓްރިއަލް މަސައްކަތައް ހާއްސަކޮށްފައިވާ ގުޅިފަޅާއި ތިލަފުށިންނެވެ.

މިއަދުގެ އިރު އޮއްސުމާ ހަމައަށް އެއްކޮށްފައިވާ ހިސާބުތަކާ ހަވަލާ ދީ އެޗްޕީއޭއިން މިރޭ ބުނި ގޮތުގައި ކޮވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން 174 މީހުންނަކީ މާލޭ ސަރަހައްދުން ބަލި ޖެހުނު މީހުނެވެ. މިއަދު ޕޮޒިޓިވި މީހުންގެ ތެރެއިން 179 މީހުން ޕޮޒިޓިވްވީ އަތޮޅުތަކުގެ ތެރެއިންނެވެ. ރިސޯޓްތަކުން ހަ މީހަކު ޕޮޒިޓިވްވެފައިވެއެވެ.

އަތޮޅުތަކުން ޕޮޒިޓިވްވި 179 މީހުންގެ ތެރޭގައި ނައިފަރުން ޕޮޒިޓިވްވީ 47 މީހަކާއި އއ މަތިވެރިން ޕޮޒިޓިވްވީ 25 މީހަކާއި އއ އުކުޅަހުން ޕޮޒިޓިވްވީ 20 މީހަކު ހިމެނެއެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 5،221 މީހުންނެވެ. މިހާތަނަށް 24،934 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 161 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.