ސައޫދީ އަރަބިއްޔާ އާއި އީރާންއާ ދެމެދު އޮތް ނުތަނަވަސްކަން ދޫކޮށްލައި -- ބައިނަލްއަގްވާމީ މަސްރަހުގައި މަސައްކަތްކުރެވޭނެ އުސޫލުތަކެއް ކަނޑަޅަން -- މަޝްވަރާކުރާނެ ކަމަށް މި ދެ ގައުމުން ވެސް އޮތީ ބުނެފަ އެވެ.
އެހެން ނަމަވެސް މިދިޔަ އަހަރު އީރާގާއި މިސްރު މެދުވެރިވެގެން ފެށި މަޝްވަރާތައްވެސް ކޮޅެއްގައި ޖެހުމުގެ ކުރިން މެދުކަނޑާލަން ވަނީ ޖެހިފަ އެވެ.
އީރާންގެ ފޮރިން މިނިސްޓަރު ހުސައިން އަމީރު އަބްދުލާހިޔާން ވިދާޅުވި ގޮތުގައި ރިޔާޒާއި ތެހެރާންއާ ދެމެދު ކުރިން ކުރެވުނު މަޝްވަރާތައް މެދުކަނޑާލި ހިސާބުން ފަށާ ގޮތަށް ދެ ގައުމަށް އޮތީ އެއްބަސްވެވިފަ އެވެ.
އަބްދުލާހިޔާން އަދި ވިދާޅުވީ މިދިއަ އަހަރު ޑިސެމްބަރުގައި އުރުދުންގައި އޮތް ބަޣްދާދު ސަމިޓްގައި ސައޫދީ އޮފިޝަލުންނާ ބައްދަލުރައްވައި -- މަޝްވަރާތައް އަލުން ފެށުމުން ތާރީޚެއް ކަނޑައެޅުމާ ހިސާބަށް ދިޔަ ކަމަށެވެ. އެހެން ނަމަވެސް ވަޒީރު ވިދާޅުވި ގޮތުގައި މަޝްވަރާގެ ތާރީޚުތައް ކަނޑައެޅުން އަދި އޮތީ އެވެ.
ބަޣްދާދު ސަމިޓަކީ އީރާގު ހަމައަކަށް އަޅުވައި ޓެރަރިސްޓުންގެ ހާލިތައް ނައްތާލަން މަޝްވަރާކުރުމަށް ބޭއްވި ސަމިޓެކެވެ. ބަޣްދާދުގައި ރައްކާތެރިކަން ކަށަވަރު ކުރުމަށް ވެސް މި ސަމިޓްގައި މަޝްވަރާ ކުރެވުނެވެ.
ބަޣްދާދު ސަމިޓްގައި 12 ގައުމެއް -- އުރުދުން، އީރާގު، ފްރާންސް، ތުރުކީ، އީރާން، ސައޫދީ އަރަބިއްޔާ، ގަތަރު، ޔުނައިޓެޑް އަރަބް އެމިރޭޓްސް، މިސްރު، ކުވައިތު، ބަހުރޭން އަދި އޮމާން ބައިވެރިވި އެވެ.
އަބްދުލާހިޔާން ވިދާޅުވި ގޮތުގައި ސަމިޓްގެ ހަވާސާގައި ސައޫދީ ފޮރިން މިނިސްޓަރު އަމީރު ފައިސަލް ބިން ފަރުހާންއާ ބައްދަލު ކުރައްވައި މަޝްވަރާ ސަމިޓާ ބެހޭ ގޮތުން ސުވާލުކުރެވުނެވެ. އަދި މަޝްވަރާތަކަށް ތާރީޚު ކަނޑައަޅައި އަލުން ފަށައިގަތުމަށް އެއްބަސްވެވުނެވެ. އަދީ މަތީ ފެންވަރުގެ އޮފިޝަލުން ބައްދަލުކުރެއްވުމާ ބެހޭ ގޮތުން ވެސް ވާހަކަދެކެވުނެވެ.