ބޮލީވުޑް

"ބަޅޭ އައްޗޭ ލަގްތޭ ހޭ 2" ރާމް އާއި ޕްރިޔާ ވެސް ވަނީ މަރު!

ސޮނީ ޓީވީން ދައްކާ އެކްތާ ކަޕޫރުގެ ކާމިޔާބު ސިލްސިލާ "ބަޅޭ އައްޗޭ ލަގް ހޭ 2"ގައި ރާމް ކަޕޫރާއި ޕްރިޔާގެ ރޯލު އަދާކުރާ ނަކުލް މެހެތާ އާއި ދިޝާ ޕަރްމާރް ޝޯ އިން ވަކިވާން ނިންމުމާ ގުޅިގެން މި ދެ ކެރެކްޓާ މަރުވާ ކަމަށް ދައްކައި އެމީހުން ޝޯ އަށް އެނބުރި ނާދެވޭ ގޮތް ހަދަން އެކްތާ ނިންމައިފި އެވެ.

މި ދެ މީހުން މަރުވާ ކަމަށް ދައްކަން ހަމަޖެހިފައިވަނީ އެކްސިޑެންޓެއްގަ އެވެ. މިއީ މީހަކު ގަސްތުގައި ކުރި ކަމަކުން ވާ އެކްސިޑެންޓެއްކަން ނުވަތަ އަސްލު އެކްސިޑެންޓެއްކަން އެނގޭނީ ސިލްސިލާގެ ކުރިޔަށް ހުރި އެޕިސޯޑުތަކުންނެވެ.

ނަކުލް އާއި ދިޝާ މި ޝޯ އިން ވަކިވާން ނިންމީ ޝޯ އެތައް އަހަރެއް ކުރިޔަށް ޖައްސާލަން ހަމަޖެހިފައިވާތީ އުމުރުން ދުވަސްވީ މީހުންގެ ރޯލު ކުޅެން ޒުވާން މި ދެ އެކްޓަރުން ބޭނުން ނުވާތީ އެވެ.

ނަކުލް އާއި ދިޝާ ބައިވެރިކޮށްގެން ޝޯ ކުރިޔަށް ގެންދެވޭނެ އިތުރު ގޮތްތަކެއް އޮތްތޯ އެކްތާ ވަރަށް ބެލި އެވެ. ނަމަވެސް އެއްވެސް މަގެއް ނުފެނުމުން އެމީހުންގެ ކެރެކްޓާ މަރުވާ ކަމަށް ދައްކައި އެމީހުން ޝޯ އިން ފޮނުވާލަން ނިންމީ އެވެ.

ނަކުލްގެ ބަދަލުގައި ހިތެން ތޭޖްވާނީ ވަނީ މި ޝޯގެ ލީޑް ރޯލަށް ހަމަޖައްސާފަ އެވެ. އޭނާ ކުޅެނީ ރާމްގެ ކޮއްކޮ ލަކަންގެ ރޯލެވެ. ނަމަވެސް ލީޑް ރޯލު ކުޅޭ ބަތަލާއެއް އަދި އިއުލާނެއް ނުކުރެ އެވެ.

ބެލުންތެރިން ބުނަނީ ނަކުލް އާއި ދިޝާ އާ ނުލައި މި ސިލްސިލާގެ ފުރިހަމަކަން ގެއްލި ޝޯ ބެލުމުގެ ޝައުގުވެރިކަން ކުޑަވެގެން ދާނެ ކަމަށެވެ.