ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް ސޯލިހު އައްޑޫގައި ދޮރުން ދޮރަށް ވަޑައިގަންނަވަނީ

އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ކެމްޕޭންގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އައްޑޫ ސިޓީގައި "ދޮރުން ދޮރަށް" ހިންގަވަން ފައްޓަވައިފި އެވެ.

ޕްރައިމަރީގެ ކެމްޕޭނުގައި ރައީސް ސޯލިހު އައްޑޫއަށް ކުރައްވާ ދަތުރުފުޅުގައި ދޮރުންދޮރަށް ހިންގަވަން ފެއްޓެވީ ހިތަދޫ މެދު ދާއިރާގަ އެވެ.

ރައީސް ސޯލިހު ގެންދަވަނީ ހިތަދޫ މެދު ދާއިރާގެ ގޭބިސީތަކަށް ޒިޔާރަތްކުރައްވާ ރައްޔިތުންނާ ބައްދަލުކުރައްވާ ޝަކުވާތަކާއި ކަންބޮޑުވުންތައް އަޑުއައްސަވަމުންނެވެ. އަދި އެ ދާއިރާގައި ހިނގަމުންދާ ބައެއް މަސައްކަތްތައް ވެސް ބައްލަވާލެއްވި އެވެ.

ރައީސް ސޯލިހު ކެމްޕޭން ދަތުރުފުޅުގައި އައްޑޫ ސިޓީއަށް ވަޑައިގެންނެވީ އިއްޔެގެ ވަގުތެއްގަ އެވެ. މި ޒިޔާރަތުގައި އެމަނިކުފާނު އެންމެ ފުރަތަމަ ބައްދަލުކުރެއްވީ ފޭދޫގެ ރައްޔިތުންނާ އެެވެ.

އައްޑޫ ސިޓީގައި ރައީސް ސޯލިހް މިވަގުތު ހުންނެވި މިވެރިކަމުގެ ތެރޭގައި ވަރަށް ގިނަ މަޝްރޫއުތައް ވަނީ އައްޑޫގައި ފަށާފަ އެެވެ. އައްޑޫ ސިޓީ ކައުންސިލުން ވެސް ގެންދަނީ އެކަން ވަރަށް ބޮޑަށް ފާހަގަކުރަމުންނެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ސޯލިހް މާލޭގައި ދޮރުން ދޮރަށް ހިންގަވަން ފެއްޓެވީ މިމަހުގެ 10 ވަނަ ދުވަހު އެވެ.