ފިނިޕޭޖް

ކެރީ މަލިގަންއަށް ތިންވަނަ ކުއްޖަކު ލިބެނީ

އެކްޓްރެސް ކެރީ މަލިގަން އާއި ފިރިމީހާ އަދި ލަވަކިޔުންތެރިޔާ މާކަސް މަމްފޯޑްއަށް ތިންވަނަ ކުއްޖަކު ލިބެނީ އެވެ.

ކެރީ ބަލިވެއިންކަމުގެ ހަބަރު މީޑިއާއަށް ކަށަވަރުކޮށްދީފައިވަނީ ކެރީގެ ރެޕް އެކެވެ.

މި ދެމަފިރިންގެ މިހާރު ތިބި ދެ ކުދިންނަކީ ހަތް އަހަރުގެ އެވެލީން ގްރޭސްއާއި ފަސް އަހަރުގެ ވިލްފްރެޑް އެވެ.

އުމުރުން 37 އަހަރުގެ ކެރީ އާއި 35 އަހަރުގެ މާކަސް 2011 އަކީ ކުޑަ އިރުގެ ޕެން ޕާލްސް އެވެ. މި ދެ ތަރިން ކޯއެން ބްރަދާސް "އިންސައިޑް ލެވީން ޑޭވިސް" ގައި މަސައްކަތްކުރުމުގެ ތެރޭގައި ލޯބީގެ ގޮތުން ގުޅި، ފަސް މަސް ފަހުން ވަނީ އެންގޭޖްވެފަ އެވެ. އަދި 2012 ގައި އިނގިރޭސި ވިލާތުގެ ސަމަސެޓްގެ ފާމްއެއްގައި ވަނީ ކައިވެނިކޮށްފަ އެވެ.

ކައިވެނީގެ މި ހަފްލާގައި ބައިވެރިވެފައިވަނީ ގާތް ރައްޓެހިންނާއި ތިމާގެ މީހުންނެވެ.

ކެރީގެ އެންމެ ފަހު ފިލްމް "ޝީ ސެޑް" އަށް އަންނަނީ ރަނގަޅު ކާމިޔާބީތަކެއް ލިބެމުންނެވެ.

މި ފިލްމަކީ ހާވީ ވައިންސްޓީން، ހޮލީވުޑް އަންހެން އެކްޓްރެސުންނަށާއި މޮޑެލް އަދި އެހެން މުވައްޒަފުންނަށް ޖިންސީ ގޯނާ އަދި ފުރައްސާރުކުރުމުގެ މައްސަލަ ފަޅާއަރުވާލި ގޮތުގެ ވާހަކައަށް ބިނާކޮށްފައިވާ ފިލްމެކެވެ. މި ފިލްމްގައި ކެރީ އަދާކޮށްފައިވަނީ މޭގަންގެ ރޯލެވެ.

މާކަސްއަކީ "މަމްފޯޑް އެންޑް ސަންސް"ގެ ލީޑް ލަވަކިޔުންތެރިޔާ އެވެ.