ފިނިޕޭޖް

އެމިނެމްގެ "8 މައިލް"އަށް ޓީވީ ޝޯއެއް

އެމިނެމްގެ "8 މައިލް" ފިލްމަށް ޓީވީ ޝޯއެއް ހަދަން ނިންމައިފި އެވެ.

ރެޕާ އަދި ޕްރޮޑިއުސަރު 50 ސެންޓް މި ވާހަކަ ބުނީ ބިގްބޯއި ޓީވީ ޔޫޓިއުބް ޗެނަލްއަށް ދިން އިންޓަވިއުއެއްގަ އެވެ.

50 ސެންޓް ބުނީ އެމިނެމްގެ ހަޔާތަށް ސެމީ އޮޓޯބައޮގްރަފިކަލް ގޮތަކަށް "8 މައިލް" ޝޯއެއްގެ ގޮތުގައި ގެނެސްދިނުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

އޭނާ ބުނީ "8 މައިލް" ޝޯގައި އެ ފިލްމަށް ބެކް ސްޓޯރީއެއް ގެނެސްދީ، އެމިނެމްގެ ކުޑައިރުގެ އަހަރުތައް ގެނެސްދޭނެ ކަމަށާއި ބޭނުމަކީ އާ އޯޑިއަންސަކަށް އެމިނެމްގެ ވާހަކަ ހިއްސާކުރުން ކަމަށެވެ.

އެމިނެމްގެ "8 މައިލް"ގެ ލަވަ "ލޫޒް ޔުއާސެލްފް" އަށް ވަނީ 2003 ވަނަ އަހަރުގެ އެކަޑަމީ އެވޯޑްސްގެ ބެސްޓް އޮރިޖިނަލް ސޯންގް ލިބިފަ އެވެ. މިއީ މި އެވޯޑް ލިބުނު ފުރަތަމަ ހިޕްހޮޕް ލަވަ އެވެ.

އާންމު ގޮތެއްގައި މި ކެޓަގަރީއަށް ނޮމިނޭޓްވާ ލަވަތައް އެވޯޑް ހަފްލާގައި ހުށަހަޅައިދެ އެވެ. އެހެންނަމަވެސް އެމިނެމް އެ އެވޯޑް ޝޯގައި ބައިވެރިއެއް ނުވެ އެވެ.

އެމިނެމް ބުނީ އެ ޝޯއަކީ އޭނާ ބައިވެރިވާ ޒާތުގެ ޝޯއެއް ނޫން ކަމަށެވެ. އެމިނެމްގެ ބަދަލުގައި އެ އެވޯޑް ބަލައިގަންފައިވަނީ ލަވައިގެ ކޯ-ރައިޓާ ލުއިސް ރެސްޓޯ އެވެ. އެމިނެމް ވަނީ 18 އަހަރު ފަހުން އެކަޑަމީއަށް ޝުކުރު އަދާކޮށް މައާފަށް އެދިފަ އެވެ.

މިދިޔަ އޮކްޓޯބަރު މަހު އެމިނެމް ވަނީ އެ "8 މައިލް" ގެ 20 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން އެ ފިލްމްގެ ސައުންޑްޓްރެކްތައް ރީ-ރިލީޒްކޮށްފަ އެވެ. "8 މައިލް" އަކީ އެމިނެމް ނުވަތަ ޖިމީ ސްމިތް ޖޫނިއާ އޭނާގެ ހިޕްހޮޕް ކެރިއާ ލޯންޗްކުރުމަށް ކަޑައްތުކުރި ދަތި ރާސްތާ ދައްކުވައިދޭ ފިލްމެކެވެ. މި ފިލްމް ޑައިރެކްޓްކޮށްފައިވަނީ ކާޓިސް ހެންސަން އެވެ.