ފިނިޕޭޖް

އޭމީ ވައިންހައުސްއަށް ބައޯޕިކެއް ހަދަނީ

ލަވަކިޔުންތެރިޔާ އޭމީ ވައިންހައުސްއަކީ ޒުވާން އުމުރުގައި އަހަރެމެންނާ ވަކިވެގެންދިޔަ ހުނަރުވެރި ތަރިއެކެވެ.

ފަސް ގްރެމީ އެވޯޑާއި އެހެނިހެން އެވޯޑްތައް ހާސިލްކޮށްފައިވާ އެމީ މަސްތުވާތަކެއްޗާއި ރަލުގެ ވަބާއިން ދުރުވުމަށް ހަނގުރާމަ ކުރަމުންގޮސް އުމުރުން 27 އަހަރުގައި އަލްކޮހޯލް ޕޮއިޒަނިންގެ ސަބަބުން ވަނީ މަރުވެފަ އެވެ.

އޭމީގެ ހަޔާތަށް ހަދާ ބައޯޕިކް ހެދުމުގެ މަސައްކަތް މިހާރު ވަނީ ފަށާފަ އެވެ.

އޭމީގެ ދެވަނަ އަދި އެންމެ ފަހު ސްޓޫޑިއޯ އަލްބަމް "ބެކް ޓު ބެކް"ގެ ނަން ދީފައިވާ މި ފިލްމް ޑައިރެކްޓްކުރަނީ ސޭމް ޓޭލާ-ޖޯންސަން އެވެ. މިއީ އޭމީގެ އެންމެ ކާމިޔާބު އަލްބަމެވެ.

މި ފިލްމްގައި އޭމީގެ ރޯލް އަދާކުރަނީ "އިންޑަސްޓްރީ"ގެ އެކްޓްރެސް، 26 އަހަރުގެ މަރީސާ އަބޭލާ އެވެ.

ޑައިރެކްޓަރު ސޭމް މި ފިލްމްގެ ފުރަތަމަ ފޮޓޯ އިންސްތަގްރާމްގައި ރިލީޒްކޮށްފައިވާއިރު، އޭމީގެ ސިގްނޭޗާ ލުކް ކަމުގައިވާ 1950ގެ އަހަރުތަކުގެ ސްޓައިލްގެ ފުއްޕި އިސްތަށި ގަނޑާއި ބޮޑު ހޫޕް އިޔާރިންގްސް އާއެކު، މަރީސާގެ ސިފަ ވަނީ އޭމީއާ ވަރަށް ބޮޑަށް ވައްތަރުކޮށްފަ އެވެ. މި ފޮޓޯއާ އެކު ސޭމް ބުނެފައިވަނީ ހޯމަ ދުވަހު ފިލްމްގެ ޝޫޓިން ފަށާނެ ކަމަށެވެ.

މަރީސާ ވަނީ އޭމީގެ މިއުރަލްއެއް އިން ފާރެއް ކައިރީ ނަގާފައިވާ ފޮޓޯއެއް އިންސްތަގްރާމްގައި ޝެއާކޮށްފަ އެވެ.

ސޭމް ބުނީ މިއީ ޑައިރެކްޓްކުރަން ވަރަށް ބޭނުންވާ ފާޑުގެ ފިލްމެއް ކަމަށެވެ. ސޭމް އަކީ "ފިފްޓީ ޝޭޑްސް އޮފް ގްރޭ"ގެ ފުރަތަމަ ފިލްމްގެ ޑައިރެކްޓަރެވެ. މި ފިލްމްގެ ސްކްރީންޕްލޭ ލިޔެފައިވަނީ މެޓް ފްރީން ހަލްގެވެ.