ރައީސް އޮފީހުގެ ތަރުޖަމާނު

ދައުރުވާ ޗެކާއި ރައީސް ޔާމީންއާ ގުޅުމެއް ނެތް: ތަރުޖަމާނު

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ޗެކް
100%
0%
0%

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ޗެކާއި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްއާ އެއްވެސް ގުޅުމެއް ނެތް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ ވިދާޅުވެއްޖެ އެވެ.

މުއާޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުންދާ ފައިސާގެ ޗެކުތަކެއް ކަމަށް ބުނާ ލިޔެކިޔުންތަކާ ރައީސް ޔާމީންއާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ. "ދައުރުވަމުންދާ ޗެކް ތަކުގައި ފައިސާ ދޫކޮށްފައިވާ ކަމަށް ބުނެފައިވަނީ އެމްއެމްޕީއާރްސީއަށް ރައިސުލްޖުމްހޫރިއްޔާ އަކަށް ނޫން،"

މުއާޒް ވިދާޅުވީ، ރައިސުލްޖުމްހޫރިއްޔާގެ ބޭންކް އެކައުންޓްއަށް ފައިސާ ޖަމާކޮށްފައިވާ ކަމުގެ އެއްވެސް ހެއްކެއް، ދަލީލެއް އެއްވެސް ޗެކަކުން ހާމަނުވާ ކަމަށެވެ. ނަމަވެސް "ރާއްޖެ އެމްވީ" އިން ރައީސްގެ ބޮލުގައި ތުހުމަތުތަކެއް އަޅުވައި ޚަބަރު ފަތުރާފައިވާ ކަމަށް މުއާޒު ވިދާޅުވިއެވެ.

"ރާއްޖެ އެމްވީ އިން ރައީސް ގެ އިސްތަށިފުޅުގައި ހިޔާނާތުގެ ތުހުމަތު އެޅޭ ގޮތަށް ޚަބަރު ފަތުރާފައިވާތީ މި މައްސަލަ ކަމާބެހޭ މުއައްސަސާތަކަށް ހުށަހަޅާނެ ވާހަކަ ދަންނަވަން،" މުއާޒު ވިދާޅުވި އެވެ.

ސޯޝަލް މިޑިއާގައި ދައުރުވަމުންދާ ޗެކަކީ ދަ ހޮންކޮންގް އެންޑް ޝަންހައި ބޭންކިން ކޯޕަރޭޝަން ލިމިޓެޑް (އެޗްއެސްބީސީ) ގެ ޗެކެކެވެ. ޗެކްގައިވާ ގޮތުން އެ ޗެކަކީ އެމްއެމްޕީއާރްސީ އަށް ދީފައިވާ ޗެކެކެވެ. އެ ޗެކު ދޫކޮށްފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް 17 ގައެވެ.

އެ ޗެކުގެ ފޮޓޯ ކޮޕީއެއް ހިމަނައިގެން ތައްޔާރު ކޮށްފައިވާ ލީފްލެޓެއް ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާއިރު އެ ލީފްލެޓްގައި ރައީސް ޔާމީންގެ އެކައުންޓަކަށް 500،000 ޑޮލަރުގެ ޗެކެއް ޖަމާކޮށްފައިވާ ކަމަށް ބުނެފައިވެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910